ރޮމޭންޓިކް ތްރިލާއެއް ފުރިހަމައަށް ދައްކުވައިދޭނެ އެ ފިލްމުގެ މަންޒަރުތައް މިހާރު ނަގަމުން އަންނަނީ މުމްބާއީ ގައެވެ. ފިލްމުގެ ޝޫޓިންގެ ތެރެއިން ބަައެއް ފޮޓޯ ކާތިކް އަދި ފިލްމުގެ ޓީމުގެ ބައެއް މެންބަރުން ދޭތެރެއަކުން އަންނަނީ އިންސްޓަގްރާމް ސްޓޯރީ ތަކަށް ޝެއާ ކުރަމުންނެވެ.
ގިނަ މަސައްކަތްތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ އެކްތާ ކަޕޫރު ޕްރޮޑިއުސްކުރާ “ފްރެޑީ”ގެ ޑައިރެކްޝަން ހަދަނީ ޝަޝަންކް ގޯޝް އެވެ.
މި ފިލްމު ވެގެންދާނީ އެކްތާގެ ފިލްމެއްގައި ކާތިކް މަސައްކަތް ކުރާ ފުރަތަަމަ ފިލްމަށެވެ. ފިލްމުގައި ކާތިކް އާއި އެކު ފެންނާނެ އަންހެން ފަންނާނުންގެ ނަން އަދި ހާމަކޮށްފައި ނުވާއިރު އެ ފިލްމުގެ ބަޔަލާއެއްގެ ގޮތުގައި ކެޓްރީނާ ކައިފް ފެނިދާނެ ކަމަށް ބުނެ ހަބަރުތައް އަންނަނީ ބައެއް ނޫސްތަކުގައި ތިލަ ކުރަމުންނެވެ. އެހެން ނަމަވެސް ފިލްމުގެ ހުރިހާ ކާސްޓުން އަދި ކަށަވަރުވާ ގޮތް ވެފައެއް ނުވެއެވެ.
މި ފިލްމުގެ ޝޫޓިން ނިންމާލެވޭނެ ދުވަހެއް އަދި ހާމަ ކޮށްފައި ނުވާއިރު ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނެ ތާރީހެއް ވެސް އަދި ކަނޑައަޅާފައެއްނުވެއެވެ.
ކާތިކްގެ ގިނަ ފިލްމުތަކެއް ބެލުންތެރިންނަށް ބަލާލަން ލިބިފައިވާ އިރު އޭނާގެ މަސައްކަތްތަކެއް ކުރިއަށް ވެސް އެބަ ހުއްޓެވެ. ހަބަރުތައް ބުނާ ގޮތުގައި ކާތިކް ދެން އެންމެ އަވަހަށް ފެންނާނީ ނޫސްވެރިއެއްގެ ކެރެކްޓާ ކުޅެފައިވާ ފިލްމު “ދަމަކާ” އިންނެވެ. އެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ ނެޓްފްލިކްސްގައެވެ.