ads
ފޮޓޯ ބްރޯޑްކޮމް
ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑު އަދި އުސޫލުތައް ހިފެހެއްޓުމަށް އެދިއްޖެ
ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑު އަދި އުސޫލުތައް ހިފެހެއްޓުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެދިއްޖެ އެވެ.

ބްރޯޑްކޮމް އިން ބުނީ ”ޗެނަލް13”އިން ރޭ ގެނެސްދިން “ހަޖަމް” ޕްރޮގްރާމްގެ ކޮންޓެންޓް އެ ކޮމިޝަންގެ ސަމާލްކަމަށް ރޭ ވަނީ އައިސްފައިވާ ކަމަށެވެ. އަދި  ބްރޯޑްކޮމް އިން މައްސަލަ ބެލެމުގައި ގެންގުޅޭ އިޖުރާޢަތްތަކާއި އެއްގޮތަށް އެކަން ބަލަމުންދާކަމަށް އެ ކޮމިޝަނުން ބުނެއެވެ.

 ހުރިހާ ބްރޯޑްކާސްޓަރުންވެސް، ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑު އަދި އުސޫލުތައް ހިފެހެއްޓުމަށް އެ ކޮމިޝަނުން ވަނީ ނަސޭހަތްތެރިވެފައެވެ.

 ރޭ ޗެނަލް 13 އިން ގެނެސްދިން ޕްރޮގްރާމްގައި ވާހަކަ ދެއްކި މީހަކު ވަނީ ޕީޖީ ޝަމީމްއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. 

ޓޯކް ޝޯއެއްގައި މީހަކު ދެއްކި ވާހަކަތަކާއި ގުޅިގެން ބްރޯޑްކޮމް އިން ޗެނަލް 13ގެ މައްސަލަ ބަލަމުން އަންނައިރު ސަރުކާރަށް ތާއީދުކުރާ މީހުންނާއި ކޯލިޝަންގެ ބައެއް މީހުން އަންނަނީ އެކަންތަކާއި ގުޅޭގޮތުން އެކަށީގެންވާ ފިޔަވަޅެއް ނާޅާ ކަމަށް ބުނެ ބްރޯޯޑްކޮމްއަށް ފާޑު ކިޔަމުންނެވެ. 

މީގެ ކުރިންވެސް ބްރޯޑްކާސްޓިން ގަވާއިދާއި ހިލާފްވެގެން ޗެނަލް 13 ގެ މައްސަލަ ބްރޯޑްކޮމް އިން ބަލައިފައިވެއެވެ. އެގޮތުން މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ތެރޭ ލައިވް ޕްރޮގްރާމެއްގައި ފޯނުން ވާހަކަދެއްކި މީހަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލި މައްސަލައެއްގައި، މައާފަށް އެދި ބަޔާނެއް ނެރުމަށް ބްރޯޑްކޮއިން ޗެނަލް13 އަށް އަންގައިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް