ދެހާސް ނަވާރަ ވަނަ އަހަރު ކާމިޔާބު ފިލްމު “ބާރަތު” ގެނެސްދިން އަލީ ގެ އާ ފިލްމުގެ މާ ބޮޑު ތަފްސީލެެއް އަދި މީޑިއާތަކަށް ހާމަކޮށްފައި ނުވި ނަމަވެސް ޝާހިދާ އެކި އެ ފިލްމުގެ ބަތަލާގެ ރޯލުން ފެންނާނީ ބޫމީ ޕިޑްނޭކްރަރެވެ.
އަލީ ވަނީ މީގެ ކުރިން ޝާހިދުގެ ކޮއްކޮ އިޝާން ހައްތާރާ އެކު “ކާލީ ޕީލީ” ކިޔާ ފިލްމެއް ގެނެސްދީފައެވެ.
އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން އަލީގެ އާ ފިލްމު ބިނާކުރަނީ ބޭރުގެ ފިލްމެއް އަސްލަކަށް ބަލައިގެންނެވެ. އެހެން ނަމަވެސް އެއީ ކޮން ފިލްމެއްކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ފިލްމުގެ ޝޫޓިން ފެށޭނެ އިރެއް އަދި ހާމަކޮށްފައި ނުވާއިރު އެ ފިލްމުގެ ޑައިރެކްޓަރަކީ ކާކު ކަންވެސް އަދި އިއުލާނެއް ނުކުރެއެވެ. ފިލްމުގެ އިތުރު ކާސްޓުންވެސް އަދި އޮތީ ސިއްރެއްގެ ގޮތުގައެވެ.
ޝާހިދު އާއި ބޫމީ ލީޑަށް ލައިގެން އާ ފިލްމު ހަދަން ނިންމި އިރު އަލީ މިހާރު އަންނަނީ ކެޓްރީނާ ކައިފް ލީޑަށް ލައިގެން ހަދަމުން އަންނަ “ސުޕަ ސޯޗްޖާ” ހަދަން ތައްޔާރު ވަމުންނެވެ.
ބޮޑު މަގުބޫލު ކަމެއް ލިބުނު ފިލްމު “ކަބީރު ސިންގް” އިން އެންމެ ފަހުން ޝާހިދު ފެނުނު އިރު ދެން އެންމެ އަވަހަށް އޭނާގެ ފިލްމަކަށް ރިލީޒް ވާނީ “ޖާޒީ” ކަމަށް ހަބަރުތަކުން އަންނަނީ ބުނަމުންނެވެ.