މަރު ކޮމިޝަނަށް ހުސެއިން ވަހީދު ހާޒިރުކޮށްފައިވަނީ މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައާ ގުޅިގެން ސުވާލު ކުރުމަށެވެ.
އެނގިފައިވާ ގޮތުގައި ހުސެއިން ވަހީދު ކޮމިޝަނަށް ހާޒިރުކޮށް ބަޔާން ނަގާފައިވަނީ މިދިޔަ ހަފްތާ ތެރޭގައެވެ.
ރިލްވާން ގެއްލުވާލިއިރު އޭރުގެ ޕޮލިސް ކޮމިޝަނަރަކަށް ހުންނެވީ ހުސެއިން ވަހީދެވެ. އޭނާ އެ މައްސަލައިގެ ތަހުގީގަށް ހުރަސްއަޅާފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ.
ރިލްވާން ގެއްލުވާލި މައްސަލައާ ގުޅިގެން ދާދިފަހުން މަރު ކޮމިޝަނުން ވަނީ ކުރީ ރައީސް އަބްދުﷲ ޔާމީން ވެސް އެ ކޮމިޝަނަށް ހާޒިރުކޮށްފައެވެ. ކޮމިޝަނަށް ހާޒރުވެވަޑައިގެން ޔާމީން ވަނީ ބަޔާން ދެއްވަން އިންކާރު ކުރައްވާ، ހަނު ހުންނަވާފައެވެ.