ads
ޗައިނާ ސަފީރު ޒާން ލިޒޯން އަދި ޗައިނާ މެޝިނެރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) ގެ އޮފިޝަލުން ރައީސް ސޯލިހުގެ އަރިހަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް
ޗައިނާއިން އަޅައިދޭ ސްޓޭޑިއަމްގެ ޑިޒައިންތައް ހިއްސާކޮށްފި
ޗައިނާއިން ރާއްޖޭގައި އެޅުމަށް ނިންމާފައިވާ އޮލިމްޕިކް ސްޓޭންޑަޑުގެ ސްޓޭޑިއަމަށް ހުށަހަޅާފައިވާ ޑިޒައިންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ހިއްސާ ކުރައްވައިފި އެވެ.
ޗައިނާއިން ރާއްޖޭގައި އެޅުމަށް ނިންމާފައިވާ އޮލިމްޕިކް ސްޓޭންޑަޑުގެ ސްޓޭޑިއަމަށް ހުށަހަޅާފައިވާ ޑިޒައިންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ހިއްސާ ކުރައްވައިފި އެވެ.

ޗައިނާ ސަފީރު ޒާން ލިޒޯން އާއި ސްޓޭޑިއަމް އެޅުމަށް ކަނޑައެޅި ކުންފުނި، ޗައިނާ މެޝިނެރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) ގެ އޮފިޝަލުން އިއްޔެ ވަނީ ރައީސްގެ އަރިހަށް ޒިޔާރަތް ކުރައްވާފަ އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ސީއެމްއީސީން ވަނީ ސްޓޭޑިއަމަށް ހުށަހަޅާފައިވާ ޑިޒައިންތައް ހިއްސާ ކުރައްވާފަ އެވެ.

ހުޅުމާލޭގައި އެޅުމަށް ނިންމާފައިވާ ބައިނަލްއަގްވާމީ ފެންވަރުގެ ސްޓޭޑިއަމްގެ ޑިޒައިން ބިނާވެފައި ވަނީ ރާއްޖޭގެ ތިމާވެއްޓާއި، ގުދުރަތީ މުއްސަނދިކަމުގެ މައްޗަށް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދުގައިވާ ގާތް ގުޅުމެއް މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އަދި ރާއްޖޭގެ ތަރައްގީއަށް ޗައިނާއިން ކުރާ މަސައްކަތްތައް ފާހަގަކުރެއްވި އެވެ.

ބައްދަލުވުމަށް ފަހު ޗައިނާ ސަފީރު ޒާން ލިޒޯން ވަނީ ރައީސަށް ޝުކުރު ދަންނަވާފަ އެވެ. އަދި ޗައިނާ އާއި ރާއްޖޭގެ ގުޅުމަކީ އެކުގައި މަސައްކަތްކޮށް، ދެ ގައުމަށް ފައިދާވާ ފަދަ ގުޅުމެއް ކަމަށް ވިދާޅުވި އެވެ.

"ދެ ގައުމުގެ ރައްޔިތުންނަށް ލިބެމުންދާ ފައިދާތައް އިތުރު ކުރުމަށް، އެކި ދާއިރާތަކުން ރާއްޖެއާއެކު ގުޅުން ބަދަހި ކުރުމަށާއި، ރައްޔިތުންގެ މެދުގައި ގުޅުންތައް ހިއްސާ ކުރުމަށް ޗައިނާއިން ތައްޔާރު،" ސަފީރުގެ ޓްވީޓެއްގައި ވެއެވެ.



ޗައިނާއިން ރާއްޖޭގައި އެޅުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމަކީ 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ 11 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމުގެ ގޮތުން އަޅާ ސްޓޭޑިއަމެކެވެ.

އެ މަސައްކަތް ސީއެމްއީސީއާ ހަވާލުކުރީ ސެޕްޓެމްބަރު 2019 ގައެވެ. އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ސޮއި ކުރާތާ ހަތަރު މަހުގެ ތެރޭގައި ދިރާސާތައް ނިންމުމަށް ފަހު ދިވެހި ސަރުކާރާ ހިއްސާ ކުރަން ޖެހެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް