ads
މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަދި މާލޭ ސިޓީގެ ކުރީ މޭޔަރު ސަރަންގު އާދަމް މަނިކު- ފޮޓޯ: ސީއެންއެމް
ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުން މުއިއްޒު ގެންގުޅުއްވާ: ސަރަނގު އާދަމް މަނިކު
މީގެ ދެ އަހަރު ފަހުން 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ކަމަށް މާލޭ ސިޓީގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެ އެވެ.
Advertisement

ދިވެހި ޗެނަލްގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އާދަމް މަނިކު ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ފަރާތުން މާލޭ ސިޓީ މޭޔަރުކަމަށް ވާދަކުރެއްވި ކެނޑިޑޭޓް ޑރ. މުއިއްޒާއި ދިމާލަށް ނުގޮވާ އެއްޗެއް ނެތް ކަމަށެވެ. 

" މުއިއްޒާއި ދިމާލަށް އެއްޗެހި ގޮވީ އެމްޑީޕީ ފަރާތުން މޭޔަރު ކަމުގެ ޓިކެޓް ދިން މީހާއަކީ އެއްވެސް ތާކުންތާކު ޖެހޭ މީހަކަށް ނުވުމުން އޭނާގެ މޮޅު ވާހަކަ ދެއްކޭކަށް ނެތުމުން. އެހެންކަމުން ދައްކަން ޖެހުނީ އިދިކޮޅުން ނެރުނު މީހާގެ ގޯސް ވާހަކަ،" އާދަމް ވިދާޅުވި އެވެ. 

އަތުޖެހުނު ހާ ޓީވީ އަކަށް އަރާ އިދިކޮޅުން ވާދަކުރި ޑރ. މުއިއްޒުގެ ގޯސްވާހަކަ ދެއްކެވި ނަމަވެސް ވޯޓް ގުނާ ނިމުނުއިރު މުއިއްޒު ބޮޑު އަގުލަބިއްޔަތަކުން ހޮވުނުކަން ފާހަގަކޮށް އާދަމް ވިދާޅުވީ  އޭގެ އަނެއް ދުވަހު މުއިއްޒަށް ފޯން ކޯލެއް ކުރެއްވި ކަމަށާއި މުއިއްޒުގެ އަރިހުގައި މާފަށް އެދުނު ކަމަށެވެ. އަދި ކެމްޕެއިން ތެރޭގައި އެމްޑީޕީ މީހަކަށް ވީތީވެ ދެކެވުނު ވާހަކަ ތަކަކީ އެމަނިކުފާނު ބަލި ކުރުމުގެ ގޮތުން ދެކެވުނު ވާހަކަތަކެއް ކަމުގައި ދެންނެވި ކަމަށް އާދަމް ވިދާޅުވި އެވެ. އަދި އޭގެ ހަގީގަތާއި ތެދާއި ދޮގާއި ޑރ. މުއިއްޒުއަށް އެނގިވަޑައިގަންނަވާނެ ކަމަށް އާދަމް ވިދާޅުވި އެވެ. 

އާދަމް ވިދާޅުވީ ޑރ.މުއިއްޒު އަކީ މާލޭ ރައްޔިތުންގެ މޭޔަރު ކަމަށާއި، މޭޔަރުގެ ދައުރު އަދާކުރަން ވެވެން އޮތް ކޮންމެ އެހީއެއް ދެއްވާނެ ކަމަށް މުއިއްޒަށް ދެންނެވިކަމަށާއި އެކަން މުއިއްޒު ގަބޫލް ކުރެއްވި ކަމަށެވެ. އެ ފަހުން މުއިއްޒު އާއި ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށް އާދަމް ވިދާޅުވި އެވެ. މިހާރު ވެސް މުއިއްޒުއަށް ބައެއް ކަންކަން ކޮށްދޭ ކަމަށް އާދަމް ވިދާޅުވި އެވެ. 

"ޕޮއިންޓަކީ މުއިއްޒު އަކީ ތައުލީމީ މީހެއް. ކިޔަވައިގެން ހުރި މީހެއް. މަސައްކަތަށް ގާބިލް މީހެއް. އެހެންވީމަ މުއިއްޒަށް އަންޑަސްޓޭންޑްވޭ ސިޔާސީ ވާދަވެރިކަމެއްގައި ބުނާ އެއްޗެއް އެއީ މުޅި އުމުރަށް އަބަދުވެސް ވަޅިއެއް ހިފައިގެން އޭނާގެ ފުރަގަހުގައި ފާރަވެރިވެގެން އެހެން ހުރުން. އެކަހަލަ ކަމެއް ނޫންކަން. އެމްޑީޕީގައި އެމައްސަލަ މާ ބޮޑުވަނީ،" ސަރަނގު އާދަމް މަނިކު ވިދާޅުވިއެވެ.    

އާދަމް ވިދާޅުވީ އެމްޑީޕީގައި މީހަކު އެއްޗެކޭ ބުނެފިއްޔާ އެއީ ބޮޑު ކަމަކަށްވާ ކަމަށެވެ. 

"އަޅުގަނޑަށް އިނގޭ މުއިއްޒުގެ ވިސްނުން އެބައޮތްކަން 2023ގައި ރިޔާސީ އިންތިހާބަށް ކުރިމަތިލާންވެސް. އެބައޮތް. ދެން އޭގައި ވާނެ ގޮތަކީ އަޅުގަނޑު ހުންނަ ގޮތަކުން އަޅުގަނޑު ސަޕޯޓްކުރާނެ. ނޫނީ ނުކުރާނަން. އަޅުގަނޑަކީ އަޅުގަނޑު ތަންތަން ކަނޑާލިއަސް އެމްޑީޕީގެ ލޭ ތާ އަންނާނީ." އާދަމް މަނިކު ވިދާޅުވި އެވެ. 

އާދަމް މަނިކު ވިދާޅުވީ، ދައްކަވާ ވާހަކަ އަކީ ތައުލީމީ މީހުންނާއި ތައުލީމު ނެތް މީހުންނާއި ކަންކަން ކުރަން އިނގޭ މީހުންނާއި، ކަންކަން ކުރަން ނޭނގޭ މީހުންނާއި ދޭތެރޭގައި މައްސަލަތަކުގެ ވާހަކަ ކަމަށާއި ރައްޔިތުން އެކަންތަކަށް ފާރަވެރިންވާން ޖެހޭ ކަމަށެވެ.   

50%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް