ads
މަކުނުދޫ އިންޖީނުގޭގައި ސޯލަރ ހަރުކުރަން ބޭނުންވާ ސާމާނު ގެނެސްފައި… ފޮޓޯ/ ފެނަކަ
އިއާދަކުރަނިވި ހަކަތަ ބޭނުން ކޮށްގެން މަކުނުދޫގައި ކަރަންޓު އުފައްދަން ފަށަނީ
ފެނަކައިން ހދ. މަކުނުދޫގައި އިއާދަކުރަނި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދަން ފަށަން ތައްޔާރުވެއްޖެއެވެ.

އެ މަޝްރޫއު ފެށުމަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ވަނީ މަކުނުދޫއަށް ގެނެސްފައެވެ.

މަކުނުދޫ ފެނަކަ ބްރާންޗް އިން މައުލޫމާތު ދިން ގޮތުގައި  އެ މަޝްރޫއުގެ ދަށުން 151.3 ކިލޯ ވޯޓުގެ ސޯލަ ޕީވީ އެރަށު އިންޖީނުގޭގެ ފުރާޅުގައި ހަރުކުރެވޭނެއެވެ.

ފެނަކައިން އެކި ރަށްރަށުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދަން ހިންގާ އެ މަޝްރޫއު މަކުނުދޫގައި ވެސް ފެށުމަށް ހަމަޖެހިފައިވާއިރު އެމަޝްރޫއުގެ އަމަލީ މަސައްކަތް ކުރިޔަށް އޮތް ދެ ހަފްތާގެ ތެރޭގައި ފެށޭނެ ކަމަށް ވެސް މަކުނުދޫ ފެނަކަ ބްރާންޗް އިން ވަނީ ބުނެ އެވެ.

ފެނަކައިގެ އަމާޒަކީ ފެނަކައިން ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ އިންޖީނުގެ ތަކުން އުފައްދާ ކަރަންޓުގެ 70 ޕަސެންޓް ކަރަންޓަކީ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމެވެ.

އޭގެ އިތުރުން ޑީސަލް ޕަވަ ޖަނަރޭޝަންގެ ބަދަލުގައި ސޯލަ ޕަވަ ޖަނަރޭޝަން އަށް ބަދަލު ކުރުން ވެސް ފެނަކައިގެ އަމާޒަކަށް ވާއިރު ފެނަކައިން މިހާރުވެސް ބައެއް ރަށްރަށުގައި ސޯލަ ޕީވީ ހަރުކޮށްގެން ކަރަންޓު އުފެއްދުމުގެ މަޝްރޫއުތައް ކުރިޔަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.

ފެނަކައިގެ އެދުމަކީ އަމިއްލަ ފަރުދުންވެސް އަމިއްލަ ގޭގައި ވެސް ސޯލަ ޕީވީ ހަރުކުރުމެވެ. އަދި އޭގެތެރެއިން ހަރުކުރެވޭ ސޯލަ ޕީވީ ސިސްޓަމް ފެނަކައިގެ މައި ކަރަންޓު ވިއުގަ އާއި ގުޅާލުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް