ads
ތަމްރީނު ޕްރޮގްރާމުގެ ބައިވެރިން ފޮޓޯ:-- ޕޮލިސް މީޑިއާ
އިންޒާރަކާ ނުލައި ހަތިޔާރު ބޭނުންކުރެވޭގޮތަށް ހަތިޔާރު ގެންގުޅުމާބެހޭ ގަވައިދު ހަދައިފި
އެ މީހަކާ ދެކޮޅަށް ހަތިޔާރު ބޭނުންކުރަންޖެހޭ މީހާގެ ސަބަބުން، އެ ވަގުތު އެ މީހާގެ ފުރާނަޔަށް ނުވަތަ އެހެން މީހެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތެއް އޮތްނަމަ، ނުވަތަ އެ ވަގުތު ހަތިޔާރު ބޭނުން ނުކޮށްފިނަމަ، އެ ހާލަތުގައި އެ މީހެއްގެ ޢަމަލު ނުހުއްޓުވޭނެކަމަށް ބެލެވޭނަމަ، އިންޒާރު ދިނުމަކާނުލައި ހަތިޔާރު ބޭނުންކުރެވިދާނެ ކަމަށް އިއްޔެ ގެޒެޓްކުރި، ހަތިޔާރު ހޯދުމާއި ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދު ގައި ކަނޑައަޅައިފިއެވެ.

އެ ގަވާއިދުގެ 13 ވަނަ މާއްދާގެ ހ ގައިވަނީ ހަތިޔާރު ބޭނުންކުރުމުގެ ކުރިން، އަންނަނިވި ފަދައިން އިންޒާރު ކުރަންވާނެ ކަމަށެވެ.

ގާނޫނީގޮތުން ފުލުހުން އަންގާ ކަމަކަށް އެއްބާރުލުން ދިނުމަށް ނަސޭހަތްތެރިވުމަށް އަންގަން ވާނެކަމަށް ވެއެވެ. އޭގެ އިތުރުން ހަތިޔާރު ބޭނުންކުރާނެކަމާއި، ހަތިޔާރު ބޭނުންކުރުމުގެ ސަބަބުން ލިބޭ ގެއްލުމެއްގެ ޒިންމާ އުފުލަންޖެހޭނީ އެއްބާރުލުން ނުދިން ފަރާތަކުންކަން އަންގައި އިންޒާރު ކުރުމާއި، ހަތިޔާރު ބޭނުންކުރުމުގެ ކުރިން "ހަތިޔާރު ބޭނުންކުރަނީ" މިހެން ބުނަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

13 ވަނަ މާއްދާގެ ށ ގައި ބުނެފައިވަނީ  މި މާއްދާގެ ހ ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ މީހަކާ ދެކޮޅަށް ހަތިޔާރު ބޭނުންކުރެވޭ މީހާ ކުރަމުންދާ ޢަމަލެއްގެ ސަބަބުން ސަލާމަތާއި ރައްކާތެރިކަން ގެއްލިދާނެކަމުގެ ކުއްލި ހާލަތެއް އޮތްނަމަ، "ހަތިޔާރު ބޭނުންކުރަނީ" މި ޢިބާރާތް އެއް ފަހަރު އިއްވައި އިންޒާރު ކުރުމާއެކު ހަތިޔާރު ބޭނުންކުރެވިދާނެ ކަމަށެވެ. 

އެކަމަކު، އެ ގަވާއިދުގެ 13 ވަނަ މާއްދާގެ ނ ގައިވަނީ މިމާއްދާގެ ހ އާއި ށ ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ މީހަކާ ދެކޮޅަށް ހަތިޔާރު ބޭނުންކުރަންޖެހޭ މީހާގެ ސަބަބުން އެ ވަގުތު އެ މީހާގެ ފުރާނަޔަށް ނުވަތަ އެހެން މީހެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތެއް އޮތްނަމަ، ނުވަތަ އެ ވަގުތު ހަތިޔާރު ބޭނުން ނުކޮށްފިނަމަ، އެ ހާލަތުގައި އެ މީހެއްގެ ޢަމަލު ނުހުއްޓުވޭނެކަމަށް ބެލެވޭނަމަ، އިންޒާރު ދިނުމަކާނުލައި ހަތިޔާރު ބޭނުންކުރެވިދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް