ކުޅުދުއްފުށީ ސިޓީ ކައުންސިލް ގެ ކައުންސިލަރު އަހުމަދު އަބްދުﷲ ވިދާޅުވީ މިހާރުވެސް އެއާޕޯޓުގެ އެއްކޮޅަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައިވާކަމަށެވެ. ހާއްސަކޮށް ހުޅަނގު މޫސުމުގައި ހަޅަޖަހައި ވަރަށްބޮޑަށް މިހާރުވެސް ގިރަމުންދާކަމަށެވެ. އޭނާ ވިދާޅުވީ މިފަދަ އެއްހުޅަނގުމޫސުން އަދި އަންނައިރު އެއާޕޯޓުގެ ރަންވޭ އާހަމައަށް ލޮނުގަނޑު އަރާނެ ކަމަށެވެ.
" އަދި އެއްހުޅަނގު މޫސުން އަންނަ އިރު އެއާޕޯތުގެ ރަންވޭ އާހަމައަށް ރާޅު އަރާނެ . އެމަސައްކަތް ކުރެވިފައި އޮތް ގޮތުން އެހެންވަނީ" އަހުމަދު ވިދާޅުވިއެވެ.
ކުޅުދުއްފުށީ ކައުންސިލުން ބުނީ އެއާޕޯޓު ހެދިއިރު އީއައިއޭ ރިޕޯޓެއް ހެދި ކަމަށާއި އެކަމަކު އެއަށް އަމަލު ކޮށްފައި ނުވާ ކަމަށެވެ. އީއައިއޭ ރިޕޯޓުގައި ވާގޮތުން އެސަރަހައްދުގައި ދޮޅު ޓަނުގެ ހިލަ ޖަހަން ޖެހޭ ކަމަށާއި އެކަމަކު ޖަހާފައިވަނީ 400 ކިލޯގެ ހިލަކަމަށެވެ.
"އެހެންވީމަ މިމައްސަލަ ދިމާވެގެން މިއުޅެނީ" ކައުންސިލަރު އަހުމަދު ވިދާޅުވިއެވެ.
މިކަމާގުޅޭގޮތުން އެންވަޔަރަމެންޓް މިނިސްޓަރީގެ ބަހެއް ލިބޭ ގޮތެއް ނިވިއެވެ.
އުދައެރުމުގެ ސަބަބުން މިއަހަރުގެ މޭމަހު 19 ވަނަދުވަހު ހއ.ހޯރަފުށި އެއާޕޯޓަށްވެސް ވަނީ ބޮޑެތި ގެންލުންތަކެއް ލިބިފައެވެ. އެއާޕޯޓްގެ ރަންވޭއަށް އުދައަރައި ވެއްޔާއި ގަލުން އެތަން ފުރުނުއިރު، އެއާޕޯޓްގެ ބަެއް އިމާރާތްތަކަށް ވެސް ވަނީ ގިނަ ގެއްލުންތަކެއް ލިބިފައެވެ. އެ ހާދިސާގެ ސަބަބުން އެއާޕޯޓްގެ އުދުހުން މެދުކެނޑުނެވެ.
އެފަހަރު ރަށުގެ ރައްޔިތުން ނިކުމެ އެއާޕޯޓުގެ ރަންވޭ ވަނީ ސާފްކޮށްފަ އެވެ.