ads
އދ.އޮމަދޫ
އެންމެ ބޮޑު އިސްކަމެއް ދޭނީ ގެސްޓްހައުސް ވިޔަފާރިއަށް: އޮމަދޫ ކައުންސިލް
ލޭންޑް ޔޫޒް ޕްލޭން ހަދާއިރު އެންމެބޮޑު އިސްކަމެއް ދޭނީ ގެސްޓްހައުސް ވިޔަފާރި ތަރައްގީ ކުރުމަށް ކަމަށް އދ.އޮމަދޫ ކައުންސިލުން ބުނެފިއެވެ.
Advertisement

މިހާރުވެސް ދިހަ ގެސްޓް ހައުސް ހިންގާ އޮމަދޫ ކައުންސިލްގެ ރައީސް އިބްރާހީމް އާދިލް ސީއެންއެމްއަށް ވިދާޅުވީ އެރަށުގައި ޕްލޭނިން މިނިސްޓްރީން ވަރަށް ކުރިން ހަދާފައިއޮތް ޕްލޭން ރިވިއުކޮށް މިމަސްތެރޭ ނިންމާލުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި އެމަސައްކަތުގައި އެންމެ އިސްކަމެއް ދެއްވާނީ ގެސްޓްހައުސް ވިޔަފާރިއަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލުން ބުނީ އަންނަ މަހު ބިންތަކަށް އިއުލާނު ކުރެވޭ ވަރު ވާނެކަމަށެވެ. އިތުރަށް އެކައުންސިލުން ބުނީ ކުރިން ހަދާފައިވާ ޕްލޭންގެ ފަހުން ވެސް އެރަށުން 133 ގޯއްޗާއި ވަރަށް ގިނަ އަދަދެއްގެ ބިން މީހުންށް ދީފައިވާ ކަމަށެވެ. އެހެންކަމުން މިފަހަރު ލޭންޑް ޔޫޒް ޕްލޭން ހަދާއިރު ރަށުގެ ވިޔަފާރި އާއި އަންހެނުންގެ ކުޅިވަރާއި، ފެރީ ޓާމިނަލަކަށް އިސްކަން ދީފައިވާނެކަމަށެވެ.

އޮމަދޫ ކައުންސިލުން މިހާރުވަނީ ލޭންޑްޔޫޒް ޕްލޭން ހެދުމަށް ޝައުގުވެރިކަން ހުރި ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފައެވެ. 

އެގާރަސްތޭކަ ފަންސާސް މީހުންގެ އާބާދީއެއް ދިރިއުޅޭ އެރަށުގައި މައިގަނޑު މަސައްކަތަކަށް ކުރަނީ ގެސްޓްހައުސް ވިޔަފާރި އާއި ބޮޑުކަންނެލީގެ މަސްވެރިކަމެވެ. ކައުންސިލުން ބުނީ ގެސްޓްހައުސްތައް ހުރި ނަމަވެސް އެއާގުޅުން ހުރި ވިޔަފާރިތައް އަދި ވަރަށް މަދުކަމަށެވެ. އޮމަދޫ އަކީ ބިން ދަތި ރަށަކަށް ވިޔަސް ވިޔަފާރިއަށް ހުރި ފުރުސަތުތައް ހުޅުވާލުމަކީ ކައުންސިލްގެ ވިސްނުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް