ads
ތިން ގައުމަކުން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރުން ސަފީރުކަމުގެ ފަތްކޮޅު އެރުއްވުމަށް މިއަދު ރައީސް އޮފީހުގައި ކުރިިޔަށްދިޔަ ރަސްމިއްޔާތުގެ ތެރެއިން… ފޮޓޯ/ރައީސް އޮފީސް
ތިން ގައުމެއްގެ އާ ސަފީރުން ސަފީރުކަމުގެ ފަތްކޮޅު އަރުއްވައިފި
ތިން ގައުމަކުން އަލަށް ރާއްޖެއަށް ކަނޑައެޅި ސަފީރުން ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަރުއްވައިފިއެވެ.
Advertisement

ސަފީރުކަމުގެ ފަތްކޮޅު އަރުއްވާފައިވަނީ މިއަދު މެނދުރު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އަލަށް ސަފީރު ކަމުގެ ފަތްކޮޅު މިއަދު އެރުއްވި ބޭފުޅުންގެ ތެރޭގައި ޖަރުމަނުން ރާއްޖެ އަށް ކަނޑައެޅި ހޮލްގަ ލޯތަ ސިއުބަޓް އާއި މެކްސިކޯ އިން އަލަށް ކަނޑައެޅި ފެޑެރިކޯ ސަލަސް ލޮފްޓް އާއި ރުވާންޑާއިން ކަނޑައެޅި ސަފީރު ޖެކުއަލިން މުކަންގިރާ ހިމެނެއެވެ.

ސަފީރު ކަމުގެ ފަތްކޮޅު އެރުއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ތިން ބޭފުޅުންނާ ރައީސް ސޯލިހު ވަނީ ވާހަކަފުޅު ދައްކަވައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މަޝްވަރާ ކުރައްވާފައެވެ.

އޭގެ އިތުރުން އެ ރަސްމިއްޔާތުގައި ދެ ގައުމުން އިސްކަންދޭ މުހިއްމު ދާއިރާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމުގެ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް