ads
ބެންގަލޫރު ޓީމު ޕްރެކްޓިހުގައި
ޕްލޭ އޮފް މެޗަށް އަންގާރަ ދުވަހު ބެންގަލޫރު އަންނަނީ
އޭއެފްސީ ކަޕުގެ ޕްލޭ އޮފްގައި ރާއްޖޭގެ ކްލަބު އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށް، އިންޑިޔާގެ ބެންގަލޫރު އެފްސީ އަންނަ އަންގާރަ ދުވަހު މާލެ އަންނަ ގޮތަށް ހަމަ ޖެހިއްޖެއެވެ. އީގަލްސްއާ ބެންގަލޫރު ކުޅޭ މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުއެވެ.
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި އަންގާރަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ބެންގަލޫރު އެފްސީ މާލެ އަންނާނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބުދަ ދުވަހުން ފެށިގެން ބެންގަލޫރު އެފްސީ މާލޭގައި ޕްރެކްޓިސްކުރާނެއެވެ. ރަސްމީ ޕްރެކްޓިސް ސެޝަން އޮންނާނީ ހޮނިހިރު ދުވަހު ހަވީރު ރަސްމީ ދަނޑުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭގެ ކުރިން ބެންގަލޫރު ޓީމުން ފަރިތަކުރާނީ ހެންވޭރު ދަނޑުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޕްލޭ އޮފްގައި ރާއްޖޭގެ ކްލަބު އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް ބެންގަލޫރުން މީގެ މަހެއްހާ ދުވަސް ކުރިން ޕްރެކްޓިސް ފަށާފައިވާއިރު، އެ ޓީމުންވަނީ ޓީމު އިތުރަށް ވަރުގަދަ ކުރުމަށް އިތުރު ކުޅުންތެރިން ޓީމަށް ގެނެސްފައެވެ.

އަންނަ ހަފުތާގައި މާލޭގައި ބެންގަލޫރާ އީގަލްސްގެ މެޗު އޮންނައިރު، މި ދިޔަ އަހަރުގެ ކުރީކޮޅު ޕްލޭ އޮފްގައި ރާއްޖޭގެ މާޒިޔާ އަތުން ބެންގަލޫރު އެފްސީވަނީ ބަލިވެފައެވެ. އަދި ބެންގަލޫރުގައި ކުޅުނު މެޗާއި އެކު ދެމެޗުގެ އެގްރިގޭޓުން މާޒިޔާ އަތުން ބަލިވެ ބެންގަލޫރަށް މުބާރާތުގެ ގްރޫޕް ސްޓޭޖުން އެ ފަހަރު ފުރުސަތު ގެއްލުނެވެ.

ޕްލޭ އޮފްގައި އީގަލްސްއާ ބެންގަލޫރު ކުޅޭ މެޗުން މޮޅުވާ ބަޔަކަށް އޭއެފްސީ ކަޕުގެ ދެކުނު އޭޝިޔާ ގްރޫޕުން ފުރުސަތު ލިބޭނެއެވެ. އެ ގްރޫޕުގައި މިހާރު ހިމެނެނީ މާޒިޔާއާ އިންޑިޔާގެ އޭޓީކޭ މޯހަން ބަގާންގެ އިތުރުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝަންދުރާ ކިންގްސްއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް