ads
ކ.ފުނަދޫ
ކ.ފުނަދޫ ގައި ހުންނަ ތެޔޮ ސްޓޯރޭޖް ތިލަފުއްޓަށް ބަދަލު ކުރަނީ
ކ. ފުނަދޫގައި ހުންނަ ތެޔޮ ސްޓޯރޭޖް ތިލަފުއްޓަށް ބަދަލު ކުރަން ނިންމައިފިއެވެ.
Advertisement

ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހައުސިން ޑިވަލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ ކ.ފުނަދޫ ތެޔޮ ސްޓޯރޭޖް ހަމަ އެ އަތޮޅު ތިލަފުއްޓަށް ބަދަލު ކުރުމަށް މާސްޓަރ ޕްލޭން އެއް ހަދަމުން އަންނަ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ތިލަފުއްޓަށް ތެޔޮ ސްޓޯރޭޖް ބަދަލުކުރުމަށްޓަކައި ތިލަފުށީގައި 130 ހެކްޓަރުގެ ބިމެއް ހިއްކަން ނިންމާފައިވާ ކަމަށެވެ.

ކ. ފުނަދޫ އަކީ އެސްޓީއޯ އިން ގެންނަ ތެޔޮ ރައްކާ ކުރާ ރަށްކަން ފާހަގަކޮށް ސުހައިލް ވިދާޅުވީ އެބޭފުޅުންގެ އަމާޒަކީ ގްރޭޓަރ މާލެ ސަރަހައްދުގައި އިންޑަސްޓްރިއަލް ހަބްގެ ގޮތުގައި ތިލަފުށި ހަދުން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ މަސައްކަތް މިހާރު ވަރަށް ރޭވުންތެރިކަމާއެކި ކުރެވެމުން އަންނަ ކަމަށެވެ.

ފުނަދޫ ގައި އެސްޓިއޯ އިން ގެންނަ ތެޔޮ ރައްކާ ކުރި ނަމަވެސް ގިނަ ބަޔަކު ބުނަމުން އަންނަނީ އެ ރަށަކީ އެކަން ކުރުމަށް އެންމެ އެކަށީގެންވާ ރަށް ނޫން ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް