ads
ފުވައްމުލަކުގައި ނައިބުތުއްތު މަގުގައި އެކްސިޑެންޓު ހިންގީ މިއަދު 15:00 ހާއިރު… ފޮޓޯ/ ސޯޝަލް މީޑިއާ
ފުވައްމުލަކު އެކްސިޑެންޓުގައި އަނިޔާވި މީހާ ފަރުވާއަށް މާލެ ގެންދަނީ
ފުވައްމުލަކުގައި މިއަދު ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެމީހުންގެ ތެރެއިން އެކަކު އިތުރު ފަރުވާއަށް މާލެ ގެންދިޔުމަށް ހަމަ ޖެހިފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެފިއެވެ.

ސީއެންއެމް އަށް މައުލޫމާތު ދެމުން އެ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވި އުމުރުން 28 އަހަރުގެ ފިރިހެން މީހާ އިތުރު ފަރުވާއަށް މާލެ ގެންދިޔުމަށް ހަމަޖައްސަމުންދާ ކަމެވެ.

ސައީދު އިތުރަށް ވިދާޅުވީ، ކުރިން އެމީހާ އައްޑޫ ހޮސްޕިޓަލަށް ގެންދިޔުމަށް ހަމަޖެއްސި ނަމަވެސް އިތުރު ބަލި މީހަކުވެސް އެ ހޮސްޕިޓަލުން މާލެ ގެންދާތީ އެ ފްލައިޓްގައި އެކްސިޑެންޓުގައި އަނިޔާވި މީހާ ވެސް މާލެ ގެންދާ ގޮތަށް މިހާރު ނިންމާފައިވާ ކަމެވެ.

“އިރުއޮއްސި ހަގަޑި ތިރީސް ހާއިރު އޮތް ޗާޓާޑް ފްލައިޓަކުން ޕޭޝަންޓު މާލެ ގެނދިޔުމަށް މަސައްކަތްކުރަނީ”ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، މާލެ ގެންދިޔުމަށް ނިންމީ ފިރިހެން މީހަގެ ބޮލަށް އަނިޔާވެފައިވާތީ އިތުރު ޓެސްޓުތައް ހެދުމަށްކަމަށެވެ. އަދި ސީރިއަސް މައްސަލަ ތަކެއް ނެތް ކަމަށާއި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާގެ ހާލު ވެސް ރަނގަޅުވަމުން އަންނަ ކަމަށެވެ.

އެ އެކްސިޑެންޓު ހިންގާފައި ވަނީ މިއަދު މެންދުރުފަހު 15:00 ހާއިރު ފުވައްމުލަކު މައިލޯ ސްޓޭޑިއަމް ކައިރި ނައިބު ތުއްތު މަގުގައެވެ.

އެ އެކްސިޑެންޓު ހިނގާ ދިޔަ ގޮތް މިހާރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް