ads
އަޝްފާގު އަދި ބެންގަލޫރުގެ ކެޕްޓަން ސުނިލް ޗެތްރީ
ދަގަނޑޭގެ ޖާދޫ ބެންގަލޫރަށް މި ފަހަރުވެސް ދެއްކޭނެތަ؟
ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު މިހާރު އަންނަނީ އަންނަ ހަފުތާގައި މާލޭގައި އިންޑިޔާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް އޭއެފްސީ ކަޕުގެ ޕްލޭ އޮފުގައި ކްލަބު އީގަލްސް ކުޅޭ މެޗަށް ތައްޔާރުވަމުންނެވެ.
Advertisement

އަންނަ ހަފުތާގެ އަންގާރަ ދުވަހު މާލޭގައި ކްލަބު އީގަލްސްއާ ބެންގަލޫރު އެފްސީ ކުޅޭ މެޗުގައި ބެންގަލޫރުން އެންމެ ބޮޑު ސަމާލުކަމެއް ދޭނެ އެއް ކުޅުންތެރިޔަކީ ޔަގީނުންވެސް ރާއްޖޭގެ އިތުރުން ދެކުނު އޭޝިޔާ ސަރަހައްދުގައިވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށްވާ އަލީ އަޝްފާގުއެވެ.

އަޝްފާގުވަނީ އެންމެ ފަހުން ރަސްމީ ދަނޑުގައި ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގައި އާދަޔާ ޚިލާފު މޮޅު ކުޅުމެއް ދައްކައި ބެންގަލޫރު އެފްސީ ބަލިކޮށްފައެވެ. އެއީ ނިއުއަށް ދަގަނޑޭ ކުޅުނު އިރު، ދެހާސް އަށާރަވަނަ އަހަރުގެ އޭއެފްސީ ކަޕުގައެވެ. އެ ފަހަރުގެ މެޗުގައި ދަގަނޑޭވަނީ ބެންގަލޫރު އެފްސީ ކޮޅަށް ލަނޑެއް ޖެހުމުގެ އިތުރުން ދެވަނަ ލަނޑެއް ޖެހުމަށް މަގުފަހިކޮށްދީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. އޭގެ އިތުރުން އެ ފަހަރުގެ އޭއެފްސީ ކަޕުގައި ކުޅުނު އިންޑިޔާގެ އޭރުގެ ޗެމްޕިއަން އައިޒޯލްކޮޅަށް ދަގަނޑޭ ހެޓްރިކެއްވެސް ހެދިއެވެ.

އަންނަ ހަފުތާގައި މާލޭގައި ބެންގަލޫރާ ދެކޮޅަށް އީގަލްސް ނުކުންނައިރު އެ މެޗުގެ އެންމެ ބޮޑު ސަމާލުކަމެއް ލިބޭނެ ކުޅުންތެރިއަކަށްވާނީވެސް އަންނަ މަހު އުމުރުން ތިރީސް ހަ އަހަރު ފުރޭ ދަގަނޑޭއެވެ. ސުވާލަކީ، މީގެ ތިން އަހަރު ކުރިން ބެންގަލޫރާ ދެކޮޅަށް ނިއުރޭޑިއަންޓުގެ ޖަރޒީގައި ކުޅުނު އިރު ދެއްކި ޖާދޫ އަދިވެސް ދަގަނޑޭއަށް ދެއްކޭނެތޯއެވެ.

your imageއިންޑިޠާގެ އައިޒޯލް ކޮޅަށް ދަގަނޑޭ ހެޓްރިކް ހެދި މެޗުގެ ތެރެއިން

އަޝްފާގުގެ އިތުރުން އޭރު ނިއުއަށް ކުޅުނު ގިނަ ކުޅުންތެރިންތަކެއް އަންނަ ހަފުތާގައި ބެންގަލޫރު އެފްސީއާ ދެކޮޅަށް ޕްލޭ އޮފް މެޗުގައި އީގަލްސް ޓީމަށް ކުޅޭނެއެވެ. އޭގެ ތެރޭގައި އަކްރަމް އަބްދުލްޣަނީގެ އިތުރުން އަލީ ފާސިރު ހިމެނެއެވެ. ބެންގަލޫރާ އީގަލްސް ކުޅޭ މެޗުން މޮޅުވާ ބަޔަކު އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވާނެއެވެ. އެ ގްރޫޕުގައި ހިމެނެނީ އިންޑިޔާގެ ޗެމްޕިއަން އޭޓީކޭ މޯހަން ބަގާންއާ، ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝަންދުރާ ކިންގްސްގެ އިތުރުން ރާއްޖޭގެ މާޒިޔާއެވެ. މީގެ ތެރެއިން ބަޝަންދުރާގެ ކޯޗަކީ، ދަގަނޑޭ ބެންގަލޫރާ ދެކޮޅަށް އެންމެ ފަހުން ކުޅުނު އިރު ނިއުއަށް އިރުޝާދުދިން ސްޕެއިންގެ އޮސްކާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް