ފުލުހުން ބުނީ އެ ހަމަލާއަކީ ފުރާނަ އަށް ނުރައްކާވަރުގެ ހަމަލާއެއް ކަމަށާއި ހަމަލާއާ ގުޅިގެން 25 އަހަރުގެ އިންޑިއާ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އިތުރަށް ފުލުހުންގެ ބުނީ ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަަކަށް ހަމާލާދިން މައްސަލައެއް ރޭ 12:33 ހާއިރު ހުށަހަޅައިފައިވާ ކަމަށެވެ.
އޭނާ ހައްޔަރުކުރި އިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުނެ އެވެ. އިތުރު ތަފްސީލް ފުލުހުން ނުދިނެވެ.
އެ މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ދަނީ ތަހުގީގު ކުރަމުންނެވެ.