ޕީސީބީން މިކަން ހާމަކޮށްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތަކާއި ބެހޭ ރިޕޯޓުންނެވެ.
ރިޕޯޓުގައިވާ ގޮތުން މިދިޔަ ކުއާޓާގައި އެއްވެސް އާމްދަނީއެއް ނުލިބޭ ކުންފުނިތަކަކީ:-
ރިޕޯޓުގައި ބުނެފައިވަނީ އެފްޑީސީ، އެމްސީއައިއެފް އަދި އެމްއެފްއެމްސީގެ އިތުރުން އެމްއެސްސީއެލްއިން ނިމިދިޔަ ކުއާޓާގައި އާމްދަނީއެއް ހޯދުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.
މި ރިޕޯޓުގައިވާ ގޮތުން މިދިޔަ ކުއާޓާގައި ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ތެރެއިން އެންމެ ދަށް އާމްދަނީއެއް ލިބުނީ ހައްޖު ކޯޕަރޭޝަނަށެވެ. ބެލެވޭ ގޮތުގައި ހައްޖު ކޯޕަރޭޝަންގެ އާމްދަނީއަށް އެހާ ބޮޑަށް އަސަރުކުރީ ކޮވިޑް19 އާއި ގުޅިގެން ހައްޖު އަދި އުމްރާގެ އަޅުކަމަށް ހުއްޓުމެއް އައުމާއި ގުޅިގެންނެވެ.