ads
އުމަރު ނަސީރު--
މިހާރު މިހިރަ ޕާޓީތަކަކީ ކުދި ރަސްކަންތަކެއް: އުމަރު
މިހާރު ދިވެހިރާއްޖޭގައި މިހިރަ ޕާޓީތަކަކީ ކުދި ރަސްކަންތަކެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ސީއެންއެމް އަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ ޕާޓީތައް މިހާރު ހިނގަނީ ވަކި މީހެއްގެ ވަށައިގެން އެނބުރޭ އެއްޗެއް ގޮތަށް ކަމަށެވެ. އަދި އާ ގާނޫނު އަސާސީއާއެކު އުންމީދު ކުރި ފޮނިމީރުކަން ދިވެހީންނަށް ނުލިބޭކަމަށާއި، ދިވެހީންނަށް ލިބުނީ ވެރިކަން ހިންގާ ޕާޓީއަށް ކަންކޮށްދޭ އުސޫލުތަކެއް ކަމަށެވެ.

"ކޮރަޕްޝަން 10 ގުނަ މައްޗަށް ދިޔަ. ނާގާބިލުކަން އެހާ މައްޗަށް .ޕާޓީތަކުން އެމީހުން އަމިއްލަ ނަފްސަށް ހިދުމަތްކުރާ ސިސްޓަމެއް އުފެދިގެން ދިޔައީ. އަމިއްލަ ނަފްސަށް ހިދުމަތްކުރާ ޕޮލިޓީޝަނުން . ޕާޓީއަށް ވަޒީފާދޭ، ޕާޓީއަށް ކޮންޓްރެކްޓް ދޭ، ޕާޓީއަށް ހުރިހާ ކަމެއްކޮށްދޭ ސަރުކާރުތަކެއް އުފެދިގެން ދިޔައީ. އެހެންވީމަ ގާނޫނު އަސާސީގެ ފޮނި މީރުކަމެއް ދިވެހީންނަކަށް ނުލިބުނު . ހަމަ އޭގެ ނުބައި ކޮޅަށް ޖެހުނީ" އުމަރު ވިދާޅުވިއެވެ.

އުމަރުވިދާޅުވީ ޕާޓީތައް ރަސްކަންތަކަކަށް ބަދަލުވެފައިވަނީ ޕާޓީތައް ހިންގަންޖެހޭ ގޮތްތައް ނުވަތަ އެފަދަ ރައްކާތެރިކަމެއް ގާނޫނު އަސާސީން ގެނެސްދީފައި ނުވާތީކަމަށެވެ. 

"މިހާރު ގާނޫނުއަސާސީން މިގެނެސްދިނީ މަލްޓިޕާޓީ ޑިމޮކްރަސީއެއް. އެކަމަކު ގާނޫނު އަސާސީން ޕާޓީތަކެއް ރައްކާތެރި ކޮށެއް ނުދޭ. އެހެންވުމުގެ ސަބަބުން ޕާޓީތައް ބަދަލުވީ ޑިކްޓޭޓަ ޝިޕަކަށް.  އުމަރު ވިދާޅުވިއެވެ. 

އުމަރު ވިދާޅުވީ ގާނޫނުއަސާސީ ދިވެހި ވެއްޓާ ނުގުޅޭ ކަމަށާއި، ހުޅަނގުގެ މީހުން ބޭނުންކުރާ ކޯޓެއް ދިވެހީން ލައްވާ ގޮތަށް ގާނޫނު އަސާސީ ހެދިފައިވާކަމަށެވެ. އެގޮތުން އޭނާ ފާހަގަ ކުރެއްވި ބައެއްކަންކަމުގެ ތެރޭގައި މުއައްސަސާތައް ގިނަވުމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގިނަވުމާއި، ޖުޑީޝަރީ ބަރުބޮޑުވުން ހިމެނެއެވެ. މިހެން ވުމުގެ ސަބަބުން ދައުލަތް ހިންގުން ބަރުހެލިވެފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ. 

އެހެންކަމުން ޓެކްސްނެގުން އިތުރުކުރަން ޖެހޭ ކަމަށާއި އެކަމުގެ ސަބަބުން ގެއްލުން ވަނީ ރައްޔިތުންނަށް ކަމަށް އުމަރު ވިދާޅުވިއެވެ. އާގާނޫނު އަސާސީ އިސްލާހު ކުރެވުނުތާ މިއަހަރަށް މިވީ 13 އަހަރެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް