ads
ފުލުހުންގެ އޮޕަރޭޝަނެއްގައި ހޯދި މަސްތުވާތަކެރި
ދާންދޫ ކައުންސިލް ރައީސްގެ ފޯން ފުލުހުން ހިފަހައްޓައިފި
މަސްތުވާ ތަކެތީގެ އޮޕަރޭޝަނެއްގެ މައުލޫމާތު ލީކު ކޮށްލާފައިވާ ކަމުގެ ތުހުމަތުގައި ގއ.ދާންދޫ ކައުންސިލް ރައީސްގެ ފޯނު، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފަހައްޓައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއައްސަލައާގުޅިގެން ޖުމްލަ ހަތަރު މީހެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށެވެ.

ރޭ ފުލުހުން ހިންގި މިއޮޕަރޭޝަނުގެ އިތުރު މައުލޫމާތެއް ފުލުހުން ނުދެއެވެ. 

ފުލުހުން މިހާރު ގެންދަނީ އެމައްސަލަ ތަހުގީގު ކުރަމުންނެވެ. 

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އައްޑޫ ސިޓީން އިއްޔެވެސް މީހަކު ހައްޔަރު ކުރިއެވެ.

ފުލުހުން އިއްޔެ ވިދާޅުވެފައިވަނީ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މި މީހާ ހައްޔަރު ކޮށްފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމަތަކާއި ގުޅިގެން ގަން ޖެޓީ ސަރަހައްދުން އިއްޔެ ހެނދުނު 9:40 ހާއިރެވެ. 

ފުލުހުން ވިދާޅުވީ ހައްޔަރު ކުރެވުނު މީހާ ބަލާ ފާސްކުރުމުގެ ތެރޭގައި އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް