ads
ހިރިމަރަދޫސްކޫލް
ކިޔެވުން ފެށުނުއިރު ހިރިމަރަދޫ ދަރިވަރުން ތައުލީމުން މަހުރޫމްވެފައި: ސްކޫލް ފަޅަށް
ރާއްޖޭގެ ސްކޫލްތަކުގެ ކިޔެވުން އިއްޔެ ފެށިއްޖެއެވެ. މިއަދަކީ ދެވަނަ ދުވަހެވެ. ސްކޫލަށް ނުދެވި އެތައް ދުވަހެއް ވުމަށްފަހު ސްކޫލްތަކަށް ދަރިވަރުންނަށް ދެވޭގޮތްވެ، ސްކޫލްތަކަށް ގޮސް ދަރިވަރުންގެ އިހްސާސްތައް ދަރިވަރުން ހިއްސާކުރަމުންދިޔައެވެ. އެކިވަސީލަތްތައް މެދުވެރިކޮށެވެ. އެއަޑު ޔަގީނުންވެސް ހިރިމަރަދޫ ސްކޫލްގެ ދަރިވަރުންނަށް ވެސް އިވޭނެއެވެ. އެކަމަކު ދެރައެވެ. ރާއްޖޭގެ އެހެން ހުރިހާ ސްކޫލްތަކުގައި ކިތަންމެ އުފާވެރިކަމެއް އިހްސާސް ކުރަމުންދިޔަނަމަވެސް ހދ. ހިރިމަރަދޫ ސްކޫލްގެ ދަރިވަރުންނަށް އެ އުފާވެރިކަމެއް ނެތެވެ. އެހިނިތުންވުމާއި، މަޖަލާ، ސަކަރާތްޖެހުންވެސް ހިއްސާ ކުރެވޭކަށް ނެތެވެ. ތިބެން ޖެހުނީ ގޭގައެވެ. މޮޅިވެރިކަމާއެކުއެވެ.
Advertisement

މިހެން ވާންޖެހުނީ ސްކޫލްގެ ދަރިވަރުންގެ ބެލެނިވެރިން އެސްކޫލަށް ދަރިވަރުން ފޮނުވަން ބޭނުން ނުވުމާ ގުޅިގެންނެވެ. ބެލެނިވެރިން ބުނާގޮތުގައި ވޭތުވެދިޔަ އަށެއްކަ އަހަރުގެ ތެރޭގައި ސްކޫލުގެ ތައުލީމީ ހާލަތަށް އެކަށީގެންވާ ހެޔޮ ބަދަލެއް އައިސްފައެއް ނުވެއެވެ. އޭގެ އިތުރުން މިއަހަރު ސްކޫލުގެ ކިޔެވުން ފެށުމަށް ތައްޔާރު ވަމުން އައިއިރުވެސް ސްކޫލެއްގައި ކިޔެވުން ފެށެން އުޅޭހެންވެސް ހީވެސް ނުވެއެވެ. އެގޮތުން ސްކޫލުގައި އޮންނަ ވައިބާ ގްރޫޕްގައިވެސް ކިޔެވުމާބެހޭ އެއްވެސް ކަމެއް ހިއްސާ ކޮށްފައެއް ނުވެއެވެ. ޓައިމްޓޭބަލެއް އެކްޓިވިޓީ އުނިފޯމެއްގެ ކަންކަން ހަމައެއް ނުޖައްސައެވެ. 

your imageހިރިމަރަދޫ ސްކޫލް

"ސްކޫލެއް ކިޔަވުން ފަށަން ކުރަން ޖެހޭ އެއްވެސް ކަމެއް ކޮށްފައެއްނެތް. ޓީޗަރުން އައީ އެހާލަހުން . ޕްރިންސިޕަލް ބެލެނިވެރިންނާ ބައްދަލު ކުރައްވާފައެއްނުވޭ. އެހެންވެ ބެލެނިވެރިން ސްކޫލަށް ކުދިން ނުފޮނުވަނީ" ސްކޫލްގެ ބެލެނިވެރިއަކު ސީއެންއެމް އަށް ކިޔައިދިނެވެ. 

ސްކޫލުގައި މިހާރު ހުރި އިންޑިޔާގެ ޕްރިންސޕަލް ސްކޫލާ ހަވާލު ވުމަށްފަހުވެސް އެންމެ ބައްދަލު ވުމެއްވެސް ސްކޫލްގެ ބެލެނިވެރިންނާއެކު ބާއްވާފައެއް ނުވެއެވެ. ރަށުކައުންސިލާއެކު ބައްދަލުވުމެއް ބޭއްވުމަށްފަހު ބެލެނިވެރިންނާ ބައްދަލު ކުރައްވާނެ ކަމަށާއި ، ފެށޭއަހަރަށް ޕްލޭންތަކެއް އެބަހުރިކަމަށް ވިދާޅުވެފައި އޮތް ނަމަވެސް މިދިޔަ އަހަރު ނިމުނުއިރުވެސް އެކަމެއް ނުވެއެވެ. އެހެން ކަމުން ބެލެނިވެރިން ފާހަގަ ކުރި ގޮތުގައި ތައުލީމީ ކަންކަމަށް އެއްވެސް ސީރިއަސް ކަމެއް ނެތެވެ. 

ޓީޗަރުން ސްކޫލަށް ރިޕޯޓް ކުރަން ޖެހޭ ދުވަހަކީ މަމަހުގެ 5 ވަނަ ދުވަހެވެ. އެހެންނަމަވެސް އެސްކޫލުގެ އިންޑިއާ ޓީޗަރުން ޗުއްޓީއަށްފަހު އެރަށަށް ގޮސްފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. އެހެން ކަމުން ބައެއްޓީޗަރުން 5 ދުވަހުގެ މުއްދަތަށް އަނެއްބަޔަކު 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރެވުނެވެ. 

ހިރިމަރަދޫ ސްކުލުގައި އުޅެނީ މަދު ކުދިން ކޮޅެކެވެ. ޖުމްލަ64 ކުދިންނެވެ. ކޮންމެ ތިން ކުއްޖަކަށް ޓީޗަރެއް ހުރެއެވެ. އެހެންނަމަވެސް ސްކޫލްގެ ނަތީޖާ ވޭތުވެ ދިޔަ އަށް އަހަރުތެރޭ ވަރަށް ދަށެވެ. ބެލެނިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީވެސް ރަނގަޅު ނަތީޖާއެއް ނުނެރެވުމެވެ. އެރަށު ސްކޫލުން ވޭތުވި އަށެއްކަ އަހަރު ތެރޭ ސްކޫލް ނިންމައި އިމްތިހާންތައް ހަދާފައިވަނީ 42 ދަރިވަރުންނެވެ. ނަތީޖާތަކަށް ބަލާއިރު ކެމިސްޓްރީންނާއި އިނގިރޭސިން އެއްވެސް ކުއްޖަކު ފާސް ވެފައެއް ނުވެއެވެ. ކޮމާސްއިން ފާސްވެފައިވަނީ އެންމެ ކުއްޖެކެވެ. ހިސާބުން ފަސްކުދީން ފާސްވިއިރު އެކައުންޓިން އިން ފާސްވެފައިވަނީ 11 ދަރިވަރުންނެވެ. ބެލެނިވެރިއަކު ބުނީ މިހެން މިނަތީޖާ ހުރިކަމުގައިވިޔަސް ސްކޫލްގައި ތިބި ޓީޗަރުން ބަދަލު ކޮށްދީފައި ނުވާ ކަމަށެވެ. 

"އެއްބައެއް މިތިބެނީ ކިޔަވައިދޭން . އެމީހުނަކަށް ނަތީޖާއެއް ނުނެރެވޭ. އެކަމަކު އެމީހުން ބަދަލެއްވެސް ނުކުރޭ. އެއީ ބެލެނިވެރީންގެ ކަންބޮޑުވުމަކީ" ބެލެނިވެރިއަކު ބުންޏެވެ. 

މިކަމާ ގުޅިގެން ސްކޫލުގައި މިހާރު ހުރި އިންޑިއާ ޕްރިންސިޕަލް، ސީއެން އެމްއަށް ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީގެ އިސްފަރާތްތަކުގެ ހުއްދައެއް ނެތި ކޮމެންޓެއް ކުރެވެން ނެތް ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއްވެސް ލިބޭގޮތް ވަނީ ނުވެފައެވެ.  

އެހެންނަމަވެސް އެރަށު ކައުންސިލުން ވިދާޅުވީ އެޑިއުކޭޝަން މިނިސްޓަރު ކައުންސިލަށް ގުޅުއްވައި މިހާރު ހުރި މައްސަލަތައް ހައްލުކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އެހެންވެ އާދީއްތަދުވަހުން ފެށިގެން ސްކޫލަށް ދަރިވަރުން ނެރޭނެ ކަމަށް ކައުންސިލުން ބުނެއެވެ. 

އެކަމަކު ދަރިވަރުން ސްކޫލަށް ފޮނުވި ކަމުގައި ވިޔަސް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ބަދަލުތައް ނާންނަކަމުގައިވާ ނަމަ އަދިވެސް ބެލެނިވެރީން ތިބީ ސްކޫލަށް ދަރިވަރުން ފޮނުވާ ގޮތަކަށް ނޫނެވެ. މިނިސްޓަރީން އެތައްފަހަރަކު އެރަށަށް ގޮސް ރަނގަޅުކުރާނެ ކަމަށް ބުނެ ކަންކަން ރަނގަޅުވެފައިނުވާތީއެވެ. އެންމެ މުހިއްމު ކަމެއްގެ ގޮތުގައި މިފަހަރު ބެލެނިވެރީން ބޭނުން ވަނީ އެސްކޫލްގެ އިންޑިއާ ޕްރިންސިޕަލް ބަދަލުކުރުމެވެ. ބަދަލުގައި ދިވެއްސަކު ހުރުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް