ads
ޖީ ޔެއޮން-ސޫ އާއި އެލީ ކިމް
ޖީ ޔެއޯން-ސޫ އާއި އެލީގެ ކައިވެނި ރޫޅިއްޖެ!
ޓީވީ ސީރީސް ތަކުންނާއި މޮޑެލް ކުރުމުގެ ދާއިރާއިން ދެކުނު ކޮރެއާގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ތަރި ޖީ ޔެއޯން-ސޫ އޭނާގެ ކައިވެނި ރޫޅިފައިވާކަން ހާމަކޮއްފިއެވެ.

ޖީ ޔެއޯން-ސޫ އާއި އެލީ ކިމް ގެ ކައިވެނި ކޮއްފައިވަނީ 2014 ވަނަ އަހަރުއެވެ. މި ކައިވެންޏަށް ދަރިޔަކުވެސް ވަނީ ލިބިފައެވެ. މިދެ ތަރިންގެ ކައިވެނި ރޫޅާލައިފައިވަނީ ދެ މީހުންގެ ވެސް އެދުމުގެ މަތިން އެއްވެސް މީހަކަށް ގާނޫނީ މައްސަލަޔަކާ ކުރިމަތިލާން ނުޖެހޭގޮތަށް ކަމަށް ޖީ ޔެއޯން-ސޫ ވަނީ ހާމަކޮށްފައެވެ. އަދި މި ދެ މީހުންގެ ކައިވެނި ރޫޅުމަށްފަހު ދަރިފުޅު ހުންނާނީ ޖީ ޔެއޯން-ސޫ ކައިރީގަ ކަމަށްވެސް އޭނާ ވަނީ ހާމަކޮށްފައެވެ.

your imageޖީ ޔެއޯން-ސޫ އާއި އެލީ ކިމް ދަރިފުޅާއިއެކު 

މި ދެތަރިންގެ ކައިވެނި ނިމުމަކަށް ގެންނަން ފުރަތަމަ ނިންމާފައިވަނީ 2020 ވަނަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައެވެ. މި ވާހަކަތައް ހިއްސާކުރަމުން ޖީ ޔެއޯން-ސޫ ބުނެފައިވަނީ އެލީ އާއި ވަކިވާން ޖެހޭތީ އެތައްފަހަރަކު އޭނާ އަމިއްލަޔަށް މަރުވާންވެސް ހިތަށް އެރިކަމަށެވެ. 

ޖީ ޔެއޯން-ސޫ ގެ އިތުރުން އެލިސަން ކިޔޮންގ ޖައޭ ކިމް އަކީވެސް އެކްޓިންގެ އިތުރުން ލަވަކިޔުމުގެ ދާއިރާއިންވެސް ބޮޑު މަޝްހޫރުކަމެއް ލިބިފައިވާ ފަންނާނެކެވެ. އެލިސަން ބެލުންތެރިންގެ މެދުގައި މަޝްހޫރުވެގެން ގޮސްފައިވަނީ އެލީ ކިމް ގެ ނަމުންނެވެ. 

މި ދެ ތަރިންގެ ކައިވެނި ރޫޅުނުކަން ހާމަކުރަމުން ޖީ ޔެއޯން-ސޫ ބުނެފައިވަނީ ކައިވެނި ރޫޅާލަން ނިންމީ އުފަލުގައި އުޅެން ބޭނުންވާތީ ކަމަށެވެ. މި ދެ ތަރިން އެކުގައި އުޅެނީ އުފަލުގައި ނޫން ކަމަށާއި ހަމައެކަނި އުފަލުގައި އުޅޭކަމަށް ދައްކަނީ ކަމަށްވެސް ޖީ ޔެއޯން-ސޫ ވަނީ ބުނެފައެވެ.  

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް