ads
ބެންގަލޫގެ ކީޕަރު ގުރްޕްރީތް ހެންވޭރު ދަނޑުގައި މިއަދު އޮތް ޕްރެކްޓިހުގައި
ބެންގަލޫރު މާލެ އައިސް ޕްރެކްޓިސް ފަށައިފި
އަންނަ ހަފުތާގައި ކްލަބު އީގަލްސްއާ ދެކޮޅަށް އޭއެފްސީ ކަޕުގެ ޕްލޭ އޮފްގައި ކުޅެން ޖެހޭ މެޗަށް އިންޑިޔާގެ ބެންގަލޫރު އެފްސީ މާލެ އައިސް މާލޭގައި ޕްރެކްޓިސް ފަށައިފިއެވެ. ބެންގަލޫރު ޓީމުންވަނީ ބުރާސްފަތި ދުވަހު ހެންވޭރު ދަނޑުގައި ޕްރެކްޓިސް ފަށާފައެވެ.
Advertisement

މި މަހުގެ 15 ވަނަ ދުވަހު މާލޭގައި ކްލަބު އީގަލްސްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗަށް މާލެއައި އިންޑީޔާގެ ބެންގަލޫރު އެފްސީ ތިބެނީ ހުޅުލޭ އައިލެންޑް ހޮޓަލުގައެވެ. ޕްލޭ އޮފު މެޗުން މޮޅުވާ ޓީމެއް ކޮލިފައިވާނީ މި މަހުގެ ފަހުކޮޅޮ އޮންނަ އޭއެފްސީ ގްރޫޕް ޑީ ނުވަތަ ސައުތު އޭޝިޔާ ގްރޫޕަށެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އިންޑީޔާގެ އޭޓީކޭ މޯހަން ބަގާންއާ، ރާއްޖޭގެ މާޒިޔާގެ އިތުރުން ބަންގްލަދޭޝްގެ ބަޝަންދުރާ ކިންގްސްއެވެ. 

އަންނަ ހަފުތާގައި ޕްލޭ އޮފު މެޗު މާލޭގައި ކުޅެން ބެންގަލޫރުން ތައްޔާރުވަމުން އަންނަ އިރު، ރަސްމީ ދަނޑުގައި ބެންގަލޫރު އެންމެ ފަހުން ކުޅުނު ދެ މެޗުންވެސްވަނީ ދިވެހި ޓީމުތައް އަތުން ބަލިވެފައެވެ. އެއީ މިދިޔަ އަހަރުގެ ކުރީކޮޅު މާޒިޔާ އަތުން އަދި ދެހާސް އަށާރަވަނަ އަހަރު ނިއުރޭޑިއަންޓް އަތުންނެވެ. 

އަންނަ ހަފުތާގައި މާލޭގައި އީގަލްސްއާ ބެންގަލޫރު ކުޅޭ މެޗު ބަލާކަށް އާއްމުކޮށް ދަނޑަކަށް ނުވަދެވޭނެއެވެ. މިއީ ކޮވިޑާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް