މި ދެ ތަރިން އެކުގައި ބައިވެރިވެފައިވަނީ ބެންކެއްގެ ބްރޭންޑް އެންބެސެޑަރު ކަމުގެ މަގާމަށް ސޮއެ ކުރުމުގެ ރައްސްމިއްޔާތެއްގައެވެ. އެންބެސެޑަރު ކަމަށް ސޮއެކުރުމަށް ފަހު މީޑިއާތަކަށް ބޭއްވި ޕްރެސް ކޮންފަރެންސެއްގެ ތެރޭގައި ކިއާރާގެ މާސްކް ވަނީ "އިއަރިންގް" ގައި ތާށިވެފައެވެ. މާސްކު ނަގަން އުޅުމުގެ ތެރެއިން މާސްކު ތާށިވުމުން ކިއާރާ ވަނީ އަމިއްލައަށް މާސްކު ނައްޓާލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އަމިއްލައަށް ނުނެއްޓުމުން ކިއާރާ ވަނީ އާމިރުގެ އެހީއަށް އެދިފައެވެ.
އާމީރު ވަނީ ކިއާރާގެ މާސްކު ނަގަން އެހީތެރިވެދީފައެވެ. މި އިވެންޓުގައި ކިއާރާ ފެނިގެން ދިޔައީ ހުދު ހެދުމެއްގައެވެ. އަދި އާމިރު ފެނިގެން ދިޔައީ ފެހި ކުލައިގެ ޓީޝާޓެއްގައެވެ.