ads
ދީޕިކާ އާއި ރަންވީރު
ރަންވީރު ދޫކޮއްލުމަށް ދީޕިކާގެ ފޭނުން ގޮވާލައިފި!
ދީޕިކާގެ ފޭނުން އަންނަނީ އޭނާގެ ފިރިމީހާ ރަންވީރު ސިންގް ދޫކޮއްލުމަށް ގޮވާލާ ސޯޝަލް މީޑިއާގައި އަޑު އުފުލަމުންނެވެ.

ދީޕިކާގެ ފޭނުން މިގޮތަށް ގޮވާލައިފައިވަނީ، ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމް "ބައިޖޫ ބާވްރާ" އިން ދީޕިކާ އާއި އެކު ދެން ފެނިގެންދާ ފިރިހެން ފަންނާނަކާއި އެއްވަރެއްގެ ފީއެއް ދޭން ދީޕިކާ އެދުމުން ސަންޖޭ ލީލާ ބަންސާލީ ދީޕިކާއެކު މި ފިލްމު ސޮއެ ކުރަން ދެވަނަ ވިސްނުމަކަށް ދާން ނިންމުމާއި ގުޅިގެން ކަމަށް ބޮލީވުޑްް ހަންގާމާއިން ވަނީ ރިޕޯޓުކޮއްފައެވެ.  

ބަންސާލީގެ މި ފިލްމުގައި ލީޑް ރޯލު ކުޅެން ހަމަޖެހިފައިވަނީ ދީޕިކާގެ ފިރިމީހާ ރަންވީރު ސިންގް އެވެ. ދީޕިކާ ހުށަހަޅާފައި ވަނީ ލީޑް ރޯލުން ފެނިގެންދާ ފިރިހެން ތަރިއާއި އެއްވަރެއްގެ ފީއެއް ދޭށެވެ. ދީޕިކާގެ މި ހުށަހެޅުމާއިއެކު ދީޕިކާ އަށް މިހާރު މިވަނީ މި ފިލްމް ގެއްލިފައެވެ. މިކަމާ ގުޅިގެން ދީޕިކާގެ ފޭނުން އަންނަނީ ދެ ޖިންސްގެ މީހުންގެ މެދުގައި ތަފާތުކުރަނީ ކަމަށާއި، ރަންވީރުވެސް އަންހެނުން ދީޕިކާގެ ދިފާއުގައި ތެދުވަން ޖެހޭނެކަމަށް ބުނެ އަޑު އުފުލަމުންނެވެ. 

މީގެ އިތުރުން ދީޕިކާގެ ދިފާއުގައި ފިރިމީހާ ރަންވީރު ތެދުނުވާނަމަ އޭނާ ދޫކޮށްލުމަށްވެސް ބައެއް ފޭނުން އަންނަނީ އަޑުއުފުލަމުންނެވެ. 

ބަންސާލީގެ ތިން ފިލްމަކުން މީގެ ކުރިން ދީޕިކާ އާއި ރަންވީރު ފެނިގެންގޮސްފައި ވެއެވެ. އެ ތިން ފިލްމަކީ"'ގޯލިއޮންކީ ރާސްލީލާ- ރާމް ލީލާ''، ''ބާޖިރާއޯ މަސްތާނީ''، ''ޕަތުމާވަތު'' އެވެ.

35%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް