ads
“ގިރިޓީ ލޯބި” ގެ ޝޫޓިންގެ ތެރެއިން… ފޮޓޯ/ފޭސްބުކް
"ގިރިޓީ ލޯބި"ގެ ޝޫޓިން ބާރު ސްޕީޑުގައި ކުރިޔަށް!
ޑާކްރެއިން އެންޓަޓެއިންމެންޓުން ހަދަމުންގެންދާ ޑްރާމާ ސީރީޒް "ގިރިޓީ ލޯބި"ގެ ޝޫޓިން ބާރު ސްޕީޑުގައި ކުރިޔަށްދާ ކަމަށް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނެފިއެވެ.

އައިޝަތު ފުއާދު ވެސް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ އެ ސީރީޒަކީ ލޯބީގެ އަދި ހެއްވާ މަންޒަރުތަކެއް ދައްކުވައިދޭނެ 15 އެޕިސޯޑުގެ ޑްރާމާއެކެވެ.

ސީއެންއެމް އަށް ވާހަކަ ދައްކަމުން މޮގާ ބުނީ، “ގިރިޓީ ލޯބި” ޝޫޓިން ފެށިގެން ހަލުވި ކަމާއެކު ކުރިޔަށްދާ ކަމަށާއި މިހާރު 20 ޕަސެންޓު ނިމިފައިވާ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން މޮގާ ބުނީ، ޝޫޓިން ތެރޭގައި ތަރިންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ވަރަށް ބޮޑަށް ހިތް ހަމަ ޖެހޭ ކަމަށާއި ޝޫޓް ކުރަމުން އެޑިޓިންގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

މަޝްހޫރު ލިޔުންތެރިޔާ އަހުމަދު ޒަރީރުގެ ވާހަކަ އަކަށް ހަދާ "ގިރިޓީ ލޯބި" ޑައިރެކްޓް ކުރަނީ ޑާކްރެއިންގެ ގިނަ ފިލްމުތައް ޑައިރެކްޓްކުރާ އަލީ ޝިފާއު (ޗިއްޕެ) އެވެ.

"ގިރިޓީ ލޯބި"ގެ މެއިން ކާސްޓުންގެ ތެރޭގައި "އެހެނަސް" އިން ވިދާލި ވިޝާލް(ރޯމަން) އާއި އައިމިނަތު ރަޝްފާ(އާޝާ) ގެ އިތުރުން އާދަމް ރިޒްވީ(ރެކްސް) އަދި މުހައްމަދު މަނިކު ހިމެނެއެވެ.

އޭގެ އިތުރުން މުހައްމަދު ފައިސަލް ސީރީޒްގެ މުހިއްމު ރޯލަކުން ފެންނާނެ ކަމަށް މޮގާ ބުނާއިރު މުޅިން އާ މޫނު ތަކަކާއި އެކު ގިނަ ތަރިންތަކެއް އެ ސީރީޒުން ފެންނާނެއެވެ.

މޮގާ ބުނީ، ސީރީޒް ދައްކާނީ އަދި ކޮން ޕްލެޓްފޯމް އެއްގައި ކަމެއް ބުނަން ނޭންގޭ ކަމަށާއި ރަނގަޅު އަގެއް ކިޔާ ބަޔަކަށް މަސައްކަތް ނިމުމުން ދޫކޮށްލަން ގަސްދުކުރާ ކަމަށެވެ.

ޑާކްރެއިންގެ ގިނަ ފިލްމުތަކެއް ކުރިޔަށް ވެސް ރިލީޒްވާން އެބަ ހުއްޓެވެ. އޭގެ ތެރޭގައި "ނޮވެމްބަރ" އާއި "ބަޅިނދު" ގެ އިތުރުން "ބީވީމާ" ވެސް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް