ads
މެމްބަރު ހައިތަމްގެ ކައިވެނީގެ ހަފްލާގެ ތެރެއިން--
މެންބަރު ހައިތަމް އާއި އޭނާގެ އަނބިކަނބަލުންނަށް އެއްމާބަނޑު ދެކުދިން ލިބިއްޖެ!
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް އާއި އޭނާގެ މިހާރުގެ އަނބިކަނބަލުން ޝަޖާން މުއާޒަށް އެއްމާބަނޑު ދެކުދިން ލިބިވަޑައިގެންފި އެވެ.

މިކަން ހާމަކޮށް ހައިތަމް ވިދާޅުވީ، އެއްމާބަނޑު ދެކުދިން އަނބިކަބަލުން ވިހާފައި ވަނީ މިއަދު ކަމަށެވެ. 

އޭނާ އަށް ލިބިވަޑައިގަތީ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެކެވެ. އަދި އެ ދެ ކުދިންގެ ހާލު ވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެެވެ.

ހައިތަމް އާއި އޭނާގެ މިހާރުގެ އަނބިކަނބަލުން ކައިވެނި ބައްލަވައި ގެންފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

މީގެ ކުރިން ވެސް ހައިތަމް ވަނީ ކައިވެންޏެއް ކުރައްވާފަ އެވެ. ޝަޖާން ވެސް މީގެ ކުރިން ކައިވެންޏެއް ކުރައްވާފައި ވެއެވެ. އަދި އެ ކައިވެންޏަށް ދަރިއަކު ލިބިފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް