ads
“ޗެހްރޭ”ގެ ޕޯސްޓަރެއް…
އަމީތާބުގެ “ޗެހެރޭ” މި މަހު 27ގައި ސިނަމާތަކަށް!
އަމީތާބު ބައްޗަން އާއި އިމްރާން ހާޝިމީ ލީޑު ރޯލުން ފެންނާނެ “ޗެހެރޭ” މި މަހުގެ 27 ވަނަ ދުވަހު ރިލީޒްކުރަން ނިންމައިފިއެވެ.
Advertisement

“ޗެހެރޭ” އަކީ ގިނަ ފިލްމު ތަކަކަށް ސްކްރީން ޕްލޭ ތައްޔާރު ކޮށްދީފައިވާ ރޫމީ ޖެފްރީ ޑައިރެކްޝަން ހަދާފައިވާ މިސްޓްރީ ތްރިލާއެކެވެ.

މި މަހުގެ 27 ގައި ސިނަމާތަކަށް ފިލްމު ގެންނަން އިއުލާނުކޮށް އެ ފިލްމުގެ ޓީމުން މިހާރު އަންނަނީ ފިލްމުގެ ޕްރޮމޯޝަނަލް މަސައްކަތް ކުރަމުންނެވެ.

އެ ފިލްމަކީ އަމީތާބު މިއަހަރު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމަށް ވާއިރު ފުރަތަމަ ފިލްމު ރިލީޒްކުރަން ނިންމީ މިދިޔަ އަހަރުއެވެ. އެހެން ނަމަވެސް ކޮވިޑް19 ގެ ސަބަބުން ފިލްމު ލަސްކުރީއެވެ. އަނެއްކާ ވެސް ފިލްމު މި އަހަރުގެ އެޕްރީލް 23 ގައި ސިނަމާތަކަށް ގެންނަން އަމާޒު ހިފާފައި ވަނިކޮށް ކޮވިޑުގެ ދެވަނަ ރާޅު އިންޑިއާއަށް އެރުމުން ފިލްމު އެޅުވުން މަޑު ޖައްސަން ޖެހުނު ކަމަށް ނޫސްތަކުގައި ބުނެފައިވެއެވެ.

އެ ފިލްމުގައި އަމީތާބުގެ އިތުރުން އިމްރާން ހާޝިމީ ފެނިގެންދާ އިރު “ޗެހެރޭ” ގެ މުހިއްމު ރޯލުތަކެއް އަރަމުން އަންނަ ބަތަލާ ރިއާ ޗަކްރަބަތީ އަދި ކްރިސްޓަލް ޑި ސޫޒާ ވެސް ކުޅެފައިވާ ކަން ފާހަގަ ކޮށްލެވެއެވެ.

“ޗެހެރޭ” ވެގެންދާނީ މި އަހަރު ރިލީޒްކުރާ އިމްރާންގެ ދެވަނަ ފިލްމަށެވެ. އޭނާގެ “މުންބާއީ ސާގާ” މި އަހަރު މާޗް މަހުގެ ތެރޭގައި ވަނީ އަޅުވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް