ads
ސްޕަޓްނިކް ވީ ވެކްސިން
ސްޕަޓްނިކް ވެކްސިން ނުގަންނަން ނިންމައިފި
ސްޕަޓްނިކް ވެކްސިން ނުގެންނަން ސަރުކާރުން ނިންމައިފިއެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ސީއެންއެމް އަށް ވިދާޅުވީ އެ ވެކްސިން ރާއްޖެ ނުގެންނަން ނިންމީ ރާއްޖޭގެ އާބާދީއަށް ވާވަރަށް މިވަގުތި ރާއްޖޭގައި ވެކްސިން ހުރުމުން ކަމަށެވެ.

އިތުރަށް ނަޒްލާ ވިދާޅުވީ ކޮވިޑް 19 އިން ދިފާއު ވުމަށް ރަޝިއާ އިން ސްޕުޓްނިކް ވެކްސިން ގަތުމަށް އެގްރިމެންޓު ހެދުމުގެ މަސައްކަތް ކުރި ނަމަވެސް އާބާދީއަށް އެކަށީގެންވާ ވަރަށް ވެކްސިން ހުރުމުން ރަޝިއާގެ ވެކްސިން ގަތުމަށް ހަރަދުކޮށް ފައިސާ ދައްކާފައި ނުވާނެ ކަމަށެވެ.

ރަޝިއާގެ ސްޕުޓްނިކް ވެކްސިންގެ ދެ ލައްކަ ޑޯޒް ގަތުމަށް އޯޑަރ ދޭން ކުރިން ނިންމިއެވެ. އަދި ރާއްޖޭގައި ސްޕުޓްނިކް ވެކްސިން ބޭނުން ކުުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދިން ކަން ފާހަގަކޮށްލެވެއެވެ.

ޑަބްލިއުއެޗްއޯގެ ކޮވެކްސް ފެސިލިޓީގެ ދަށުން ދާދި ފަހުން ފައިޒާ ވެކްސިންގެ 128،700 ޑޯޒް ރާއްޖެ އަށް ފޯރުކޮށްދީފައިވާ އިރު މިހާރު ރާއްޖޭގައި ޖަހަމުން ދަނީ ފައިޒާ ވެކްސިންގެ އިތުރުން އެސްޓްރާޒެނިކާ، ކޮވިޝީލްޑް އަދި ސިނޮފޯމް ވެކްސިން އެވެ.

ރާާއްޖޭގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރާ މީހުންގެ އަދަދު ގިނަ ވަމުން އަންނަ އިރު ސަރުކާރުގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތައަށް ވެކްސިން ޖެހުން ކަން ފާހަގަކޮށްލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް