މިއަދު ރައީސް ނަޝީދުގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކްލަބުހުސްގައި އެމަނިކުފާނުގެ ނަމުގައި ކޮންމެވެސް މީހަކު ފިތުނުއުފައްދަމުންދާ ކަމަށެވެ. އަދި ކްލަބްހައުސްގައި ބޭނުންކުރައްވަނީ "މުހައްމަދު ނަޝީދު"ގެ ނަމުގައި ހުޅުވާފައިވާ އެކައުންޓް އެކަނި ކަމަށެވެ.
ރައީސް ނަޝީދުގެ ނަމުގައި ވާހަކަ ދައްކާ މީހާ ދަނީ އެމަނިކުފާނުގެ ނަމާއި ފޮޓޯ ބޭނުންކޮށްގެން ހަދާފައިވާ ފޭކް ޕްރޮފައިލްއަކުން އެމަނިކުފާނުގެ އަޑު ނަކަލުކޮށްގެން ކްލަބު ހައުސްގެ އެކި ގްރޫޕުތަކުގައި ވާހަކަ ދައްކަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ މިގޮތަށް ފޭކް އައިޑީން ވާހަކަ ދައްކަމުންދަނީ ކާކުކަމެއް ނޭނގޭ ކަމަށާއި އެކަން ސާފުކޮށްދިނުމަށް އެދިލައްވާ ކަމަށެވެ.