ޓޯނީ ކައްކަރު މިއުޒިކް ހަދާ ކިޔާފައިވާ އެ ލަވައިގެ ނަމަކީ "ސާތު ކިޔާ ނިބާއޯ" އެވެ. އެ ލަވަ އަކީ ކުރީގެ ލަވަކިތުންތެރިޔާ އަލްތާފް ރާޖާ ކިޔާފައިވާ ލަވައިގެ އާވާޝަނެއްކަން ފާހަގަ ކޮށްލެވެއެވެ.
އެ ލަވަ މިހާރު ޔޫޓިއުބްގައި އާންމުކޮށްފައިވާއިރު ގިނަ ބަޔަކު ވަނީ ލަވަ ބަލާފައެވެ. ތަރުހީބު ބޮޑުކޮށް އުޅޭ "ސާތު ކިޔާ ނިބާއޯ" އަށް 25 މިލިއަނަށް ވުރެ ގިނަ ވިޔުޒްސް ޔޫޓިއުބް މެދުވެރިކޮށް އެކަނިވެސް ލިބިފައި ވެއެވެ.
އެ ލަވައިން ފެނިގެންދަނީ ސޯނޫ ސޫދާއި ނިދީ އަގަރްވާލް އެވެ.
ފަރާ އެންމެ ފަހުން ޑައިރެކްޓްކޮށް ފިލްމެއް ނެރުނީ 2014 ވަނަ އަހަރުއެވެ. އެއީ "ހެޕީ ނިއު އިޔާރ" އެވެ.