ads
އިންޑީޔާގެ ކެޕްޓަން ސުނިލް ޗެތްރީ އަދި އަލީ އަޝްފާގު
އޭއެފްސީ ކަޕް ޕްލޭ އޮފް ޕްރިވިއު: ބެންގަލޫރު- އީގަލްސް
އޭއެފްސީ ކަޕް ގްރޫޕް ޑީގެ ފަހު ޖާގަ ހޯދުމަށް އިންޑިޔާގެ ބެންގަލޫރު އެފްސީއާ ރާއްޖޭގެ ކްލަބު އީގަލްސް މިރޭ ރަސްމީ ދަނޑުގައި ވާދަކުރާނެއެވެ. މި މެޗުން މޮޅުވާ ޓީމެއް ގްރޫޕް ޑީގައި ކުޅޭނީ އޭޓީކޭ މޯހަން ބަގާން، މާޒިޔާ އަދި ބަޝަންދުރާ ކިންގްސްއާ އެކުއެވެ.

އީގަލްސްއަށް އޭއެފްސީ ކަޕުގެ ޕްލޭ އޮފްގެ ޖާގަ ލިބުނީ މިދިޔަ އަހަރުގެ ލީގުގެ ދެވަނަ ޓީމުގެ ހައިސިއްޔަތުންނެވެ. މިދިޔަ އަހަރުގެ އެފްއޭކަޕްވަނީ ކޮވިޑާ ގުޅިގެން ކެންސަލްކޮށްފައެވެ. ޕްލޭ އޮފްގެ ޖާގަ ހަގީގަތުގައި އެފްއޭކަޕުގެ ޗެމްޕިއަނުންނަށް ދިންނަމަވެސް އެފްއޭކަޕު ކެންސަލް ކުރުމާ ގުޅިގެން ލީގުގެ ދެވަނަ ހޯދި އީގަލްސްއަށް ފުރުސަތު ލިބުނީއެވެ. މިއީ އީގަލްސްގެ އޭއެފްސީ ކަޕުގެ އަލަތު ތަޖުރިބާއެވެ.

ބެންގަލޫރަށް އޭއެފްސީ ކަޕުން މި ފަހަރު ޖާގަ ލިބުނީ އިންޑިޔާގެ މޯހަންބަގާންއާ އޭޓީކޭ އެއްކޮށްލުމުން އިންޑިޔާގެ ސުޕަރ ލީގުގެ ތިންވަނަ ޓީމުގެ ހައިސިއްޔަތުންނެވެ. ބެންގަލޫރު އެފްސީއަކީ އޭއެފްސީ ކަޕަށް އަދި، ރަސްމީ ބޯޅަ ދަނޑަށްވެސް އާ ޓީމެއް ނޫނެވެ. ބެންގަލޫރުވަނީ މީގެ ކުރިން އޭއެފްސީ ކަޕުގެ ފައިނަލުގައިވެސް ކުޅެފައެވެ. އެހެންނަމަވެސް ރަސްމީ ބޯޅަ ދަނޑުގައި އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް ބެންގަލޫރު ބަލިވެފައިވާތީ، އީގަލްސްއަށްވަނީ ބެންގަލޫރު އެފްސީ މާލޭގައި ތިން ބަލި ކުރުމުގެ ފުރުސަތު ލިބިފައެވެ.

ކްލަބު އީގަލްސްއާ ބެންގަލޫރު އެފްސީ ކުޅޭ މެޗުގައި ބެންގަލޫރުން އެންމެ ބޮޑު ސަމާލުކަމެއް ދޭނެ އެއް ކުޅުންތެރިޔަކީ ޔަގީނުންވެސް ރާއްޖޭގެ އިތުރުން ދެކުނު އޭޝިޔާ ސަރަހައްދުގައިވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށްވާ އަލީ އަޝްފާގުއެވެ. މިއީ ދުވަސްގަނޑަކަށް ފަހު އަނެއްކާވެސް ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަޝްފާގާ، އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީގެ ކުރިމަތިލުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް