ads
ލޭބާ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ: ވަން އޮންލައިން
ތަފާތުކުރުމެއްނެތި ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުމަށް ލޭބާ ޕާޓިން ގޮވާލައިފި
ތަފާތުކުރުމެއްނެތި ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީން ސަރުކާރަށް ގޮވާލައިފިއެވެ.
Advertisement

ލޭބާ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިޙުގެ ފަރާތުން އެކި ދާއިރާ ތަކުގައި މަސައްކަތް ކުރާ މުވައްޒިފުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ މޭރުމުން ދައްކަވާ ވާހަކަތަކުގެ ސަބަބުން މަސައްކަތްތެރިން ބައިބައިވެ އެއްބައިވަންތަކަން ގެއްލެމުން އަންނާތީ އެ ޕާޓީން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

އެގޮތުން އެކި ދާއިރާތަކުގައި ބުރަމަސައްކަތް ކުރާ މަސައްކަތްތެރިންނަށް ހައްޤުވާ އުޖޫރައެއް ދެމުން ނުދާކަމާއި، އަދި ކޮންމެ ފަހަރަކުވެސް ވަކިވަކި ދާއިރާތަކުގެ މުސާރަ ބޮޑު ކޮށްދޭނެ ކަމަށް ބުނެ ދައްކާވާހަކަ އަކީ ދައްކާދަޅައެއްގެ ގޮތުގައި އެ ޕާޓީން ވަނީ ސިފަކޮށްފައެވެ. އަދި މަސައްކަތްތެރިންގެ ހައްޤުތަށް އެންމެ އިސްކުރާ އަދި މަސައްކަތްތެރިންގެ ހައްޤުގައި ވަކާލާތު ކުރާ ޕާޓިއެއްގެ ހައިސިއްޔަތުން މިފަދަކަންކަމާ މެދު ކަންބޮޑުވުން ފާޅުކުރާ ކަމަށް އެ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެކި ދާއިރާތަކުގެ މެދުގައި ތަފަތުކުރުން ގެންގުޅެ،  މުސާރަ ދިނުމުގައި އެއްބަޔަކަށް ގިނައިން ދީފައި އެނެއްބަޔަކަށް މަދުން ދިނުމަކީ އެ ޕާޓީން ބަލައިގަންނަ ކަމެއް ނޫން ކަމަށާއި އެގޮތުން މުސާރަ ބޮޑު ކުރާނަމަ، ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ މީހުންގެވެސް މުސާރަބޮޑު ކުރެވެން ވާނެކަމަށް ބުނެފައިވެއެވެ. އަދި  މިނިމަމް ވޭޖް ކަނޑައެޅުމުގައި ވެސް ދާއިރާތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅެގެން ނުވާނެ ކަމަށް އޭގައިވެއެވެ. 

ސަރުކާރުގެ އެ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ލޭބާ ޕާޓީގެ ބަޔާނުގައި ލިޔެފައިވެއެވެ. ލޭބާ ޕާޓީން ވަނީ މަސައްކަތްތެރިންގެ ބަސް ހޯދައިގެން އެ މަސައްކަތްތެރިންނަށް ހައްގުވާ އުޖޫރައެއް ދިނުމަށް ގޮވާލާފައެވެ.

ލޭބާ ޕާޓީން މިފަދަ ގޮތަކަށް ބަޔާނެއް ނެރެފައިވަނީ މިދިޔަ ހަފްތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ބައްދަލުކުރައްވައި، އެންމެ ފުރަތަމަ މުސާރަ ބޮޑުކުރާނީ ޓީޗަރުންގެ ކަމަށާއި އެއަށްފަހު ސިއްހީ ދާއިރާގެ މަސައްކަތްތެރިން ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް