ads
ޑރ. އަހުމަދު ޝަހީދު--
އަފްގާނިސްތާނަށް ތާލިބާނުން ވެރިވެގަތުމުން ދިވެހީން ވިސްނަންޖެހޭ: ޑރ. ޝަހީދު
އަފްގާނިސްތާނަށް ތާލިބާނުން ވެރިވެގަތުމުން ރާއްޖެއަށް އެކި ގޮތްގޮތުން އަސަރު ކޮށްފާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ޚާއްސަ ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
Advertisement

ޑރ ޝަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަލާމަތީ، އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން އަސަރުތަކެއް ކޮށްފާނެ ކަމަށެވެ. ޑރ. ޝަހީދު ޓުވީޓު ކުރައްވާފައިވަނީ ރައީސުލް ޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެމްއެންޑީއެފް ގެ އިތުރުން ސަރުކާރުގެ އިސް ބައެއް ބޭފުޅުން ނަށް ޓެގް ކުރައްވަމުްނެވެ.

ތާލިބާނުންގެ ހަރަކާތްތައް އަފްގާނިސްތާނުގައި އިތުރުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާ ސިފައިން އެގައުމުން ފައިބާނެކަން އިއުލާނު ކުރުމާއެކުއެވެ.

މިގޮތުން އަފްގާނިސްތާނުން އެމެރިކާ ސިފައިން ފޭބުމަށް ތައްޔާރުވަމުން އަންނައިރު، އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އަސްކަރީ ޖަމާއަތެއް ކަމަށްވާ ތާލިބާނުން ވަނީ އަފްގާނިސްތާނުގެ މުހިންމު ސިޓީތަކެއް ހިފައިފައެވެ.

މިގޮތުން ކަންދަހާރު ވެސް ވަނީ ތާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. ކަންދަހާރަކީ އަފްގާނިސްތާނުގެ ދެވަނައަށް އެންމެ ބޮޑު ސިޓީއެވެ. މީގެ އިތުރުން ވެސް މުހިންމު ވިޔަފާރީގެ މަރުކަޒުތައް ވެސް ވަނީ ތާލިބާނުންގެ ބާރުގެދަށަށް ގެންގޮސްފައެވެ. ތާލިބާނުން ހަތިޔާރުގެ ބޭނުން ހިފައި އަފްގާނިސްތާނުގެ ބޮޑު ބައެއް އެމީހުންގެ ބާރުގެ ދަށަށް ގެންދަމުން އަންނައިރު، ގިނަބަޔަކު އަންނަނީ އަފްގާނިސްތާނު ދޫކޮށް ދިއުމަށް މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން ބައެއް މީހުން ބޯޑަރު ހުރަސްކޮށް ޕާކިސްތާނަށް ވަނުމަށް މަސައްކަތް ކުރާއިރު ޕާކިސްތާނާއި އަފްގާނިސްތާނާއި ދެމެދުގައި އޮންނަ ބޯޑަރުގެ ގައި ވެސް މިއަދު ވަނީ ހަމަނުޖެހުންތަކެއް ހިނގާފައެވެ.

ފާއިތުވީ މަހެއްހާ ދުވަހުގެ ތަރޭގައި 1000 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ވެސް އދ އިން ވަނީ ބުނެފައެވެ.

އެމެރިކާގެ އިތުރުން ނޭޓޯގެ ސިފައިން ވެސް އަފްގާނިސްތާނުން ބޭލުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
އަފްގާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަކީ އެމެރިކާގެ ކުރީގެ ރައީސްގެ ވައުދުފުޅެކެވެ. ނަމަވެސް އެ ވައުދު ފުއްދުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުންނެވެ.

އަފްގާނިސްތާނުގެ އުތުރުގެ ބޮޑުބައެއް މިހާރު އޮތީ ތާލިބާނުންގެ ބާރުގެ ދަށުގައެވެ.

57%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
43%
ވަރަށް ސަލާމް
ކޮމެންޓްސް