ads
ނޭކުރެންދޫގައި ސޯލަރ ޕީވީ ހަރުކުރަނީ… ފޮޓޯ/ފެނަކަ
ޕޮއިސްޓް ޕްރޮޖެކްޓްގެ ދަށުން ނޭކުރެންދޫގައި ސޯލާ ޕެނަލް ހަރުކުރަނީ
ހދ. ނޭކުރެންދޫގައި ޕްރިޕެއަރިންގް އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނާޖީ ޑިވޮލޮޕްމެންޓު( ޕޮއިސްޓު ) ޕްރޮޖެކްޓުގެ ދަށުން ސޯލާ ޕީވީ ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
Advertisement

އޭޝިއަން ޑިޕޮވޮލޮޕްމެންޓު ބޭންކްގެ އެހީއާއެކު ހިންގާ ޕޮއިސްޓު ޕްރޮޖެކްޓަކީ ފެނަކަ ކޯޕަރޭޝަން އާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓު ކްލައިމެޓް ޗޭންޖްއެންޑް ޓެކްނޮލޮޖީ ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ. 

މި ޕްރޮޖެކްޓަށް ފަންޑު ކުރަނީ އޭޑީބީ އިންނެވެ. 

ފެނަކައިގެ މީޑިއާ އޮފިޝަލެއް ސީއެންއެމް އަށް މައުލޫމާތު ދެއްވި ގޮތުގައި ނޭކުރެންދޫގައި މި ހިންގާ ޕްރޮޖެކްޓްގެ މަގްސަދަކީ ޑީސަލް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް ބަރޯސާ ވުން މަދުކޮށް އިއާދަކުރަނިވި ހަކަތަ ބޭނުން ކޮށްގެން ކަރަންޓު އުފެއްދުމެވެ. 

ޕޮއިސްޓް ޕްރޮޖެކްޓުގެ ދަށުން ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 3.5 މެގަވޯޓްގެ ސޯލާ ޕީވީ ހަރުކުރެވޭނެއެވެ. އަދި ނޭކުރެންދޫގައި ހިންގާ މިޕްރޮޖެކްޓުގެ ދަށުން 116 ކިލޯ ވޯޓްގެ ސޯލާ ޕެނަލް ހަރުކޮށް ކޮމިޝަން ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށް އެބަ ދެއެވެ.

ފެނަކައިން މައުލޫމަަތު ދިން ގޮތުގައި ނޭކުރެންދޫގައި ހަރުކުރެވޭ ސޯލާ ޕީވީ ތައް މިހާރު ހުރި ގްރިޑްތަކާއި ގުޅާލައި ސޯލާ ޑީސަލް ހައިބްރިޑް ސިސްޓަމެއް ގާއިމު ކުރެވޭނެއެވެ.

މި ޕްރޮޖެކްޓު ނިމުމުން ފެނައިގެ ތެލުގެ ހަރަދުން އަހަރަކު އެގާރަ މިލިއަން ރުފިޔާ ސަލާމަތް ވާނެ ކަމަށާއި ޖައްވަށް ބޭރު ކުރާ ވިހަ ގޭހެއް ކަމަށްވާ ކާބަންޑައިއޮކްސައިޑްގެ މިންވަރު އަހަރަކު 4 ޓަނު މަދު ވެގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން އަންނަނީ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ފެނަކައިގެ އަމާޒަކީ ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް ފެނަކައިގެ އިންޖީނު ގެތަކުން އުފައްދާ ކަރަންޓުގެ 70 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް