ads
އަފްގާނިސްތާންގެ ރައީސް އަޝްރަފް ގަނީ
އަފްގާން ރައީސް ގައުމު ދޫކޮށް ފިއްލަވައިފި
ސުލްހަވެރިކަމާއެކު އަމާން ދިނުމަށް މަޝްވަރާ ކުރަމުން ދަނިކޮށް އަފްގާނިސްތާންގެ ރައީސް އަޝްރަފް ގަނީ ގައުމު ދޫކޮށް ފިއްލަވައިފި އެވެ.

އަފްގާނިސްތާންގެ އިންޓީރިއާ މިނިސްޓްރީގެ އިސް އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކުރާ ގޮތުގައި ގަނީ ވަނީ ކަބުލް ދޫކުރައްވާ ތަޖިކިސްތާނަށް ފިއްލަވާފައެވެ.

ތާލިބާނުންނާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި ތާލިބާނުން ވަނީ މިވަގުތު ކަބުލް ވަށާލައިފަ އެވެ، ނަމަވެސް މަޝްވަރާތައް ކުރިއަށްދާއިރު ކަބުލްއަށް ހަމަލާ ނުދޭން ތާލިބާނުން ވަނީ ނިންމާފައެވެ. 

ތާލިބާނުން ވަނީ ސުލްހަވެރިކަމާއެކު ބާރުތައް ދޫކޮށްލާނަމަ ހަމަލާ ނުދޭނެ ކަމަށް ވައުދުވެފަ އެވެ. އަދި އެ ގްރޫޕުން ބުނީ ކަބުލް ދޫކޮށްދާ މީހުންނަށް ރައްކާތެރިކަމާއެކު އެ ސިޓީ ދޫކޮށްދެވޭނެ ގޮތް ހަމަޖެއްސުމަށް އެ ގްރޫޕަށް ނިސްބަތްވާ ހަނގުރާމަވެރިންނަށް އަންގާފައިވާ ކަމަށެވެ.

ސަރުކާރު ބަދަލުވާ އިންތިގާލީ މަރުހަލާ ނިމެންދެން ކަބުލްގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ އަފްގާން ސަރުކާރުން ކަމަށްވެސް ތާލިބާނުން ބުނެ އެވެ. 

އަފްގާން ސަރުކާރުން ވެސް ވަނީ ލޭ އޮހޮރުމަކަށް ނުގޮސް ބާރުތައް ދޫކޮށްލަން މަޝްވަރާ ކުރަމުން އަންނަ ކަމުގެ ސިގްނަލެއް ދީފައެވެ.

86%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް