ads
އާރު ޑީސީގެ ސްޓާފުން ތަކެއް ފޮޓޯ: އާރުޑީސީ
އަނެއްކާވެސް އާރްޑީސީގެ އޮފީސް ފަޅާލައި ވައްކަން ކޮށްފި
ދެހާސް ނަވާރަ ވަނަ އަހަރު ސަރުކާރުން މަގުތައް ހެދުމަށް އުފެއްދި ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން(އާރްޑީސީ) ގެ އޮފީސް ފަޅާލައި ވައްކަން ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އާރްޑީސީގެ އޮފީސް ފަޅާލައި ވައްކަން ކުރި މައްސަލަ އެއް މިއަދު ހެނދުނު 7:48 ހާއިރު ލިބިފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން މާ ބޮޑު ތަފްސީލެއް ފުލުހުން އަދި ހާމަ ނުކުރާއިރު އެ ސީންގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް މައުލޫމާތު ދިނެވެ.

އޮފީސް ފަޅާލައި ވައްކަން ކުރި މައްސަލާގައި އާރްޑީސީން ވެސް އަދި ބަހެއް ހާމަކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

މިއީ އެ އޮފީސް ފަޅާލި ތިން ވަނަ ފަހަރެވެ. އެޕްރީލް މަހުގެ 17 ވަނަ ދުވަހު އެ އޮފީސް ފަޅާލައި ލައްކައެއްހާ ރުފިޔާ ވަގަށް ނަގާފައިވާއިރު އެޕްރީލް މަހުގެ 27 ވަނަ ދުވަހު ވެސް އެ އޮފީހުން ވަނީ ވައްކަން ކޮށްފައެވެ. އެ އޮފީސް ފަޅާލައި އެ ފަހަރު ވަނީ ތިން ހާހެއްހާ ރުފިޔާ ވަގަށް ނެގިއެވެ.

މިއަދު އޮފީސް ފަޅާލައި ވައްކަން ކުރި ބަޔަކު ނެގީ ކިހާ ފައިސާއެއް ކަމެއް އަދި ސާފުވާގޮތެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް