ފުލުހުން ބުނީ މި މައްސަލައިގެ ތަހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއްގެ އިތުރުން 36 އަހަރުގެ މީހަކާ އަދި 37 އަހަރުގެ މީހެކެވެ.
ހައްޔަރުކުރި އެންމެންނަކީ ދިވެހިންނެވެ.
މީގެއިތުރުން ފުލުހުން ބުނީ އިއްޔެ ހުށަހެޅުނު މި މައްސަލައާ ގުޅިގެން ފުލުހުން އެ ފައިސާތައް ހޯދުމަށް ފުލުުހުންކުރި މަސައްކަތުން 10000 ޔޫރޯ މިހާތަނަށްވަނީ ހޯދިފައިވާކަމަށެވެ. އަދި އެ ފައިސާތައް މިހާރުވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރު ތަހުގީގު ކުރައްވަމުންނެވެ.