ads
ޑރ ޝަހީދު އަދި ޝައިޚް އިލްޔާސް
ޝައިހް އިލްޔާސް ކުރެއްވީ އަހްލާގީ ގޮތުން ރަނގަޅު ކަމެއް ނޫން: ޑރ. ޝަހީދު
މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސައިން ކުރެއްވި ކަމަކީ ގާނޫނީ ގޮތުން ކުށަކަށް ނުވި ކަމުގައިވީ ނަމަވެސް އަޚްލާގީ ގޮތުން ރަނގަޅު ކަމެއް ނޫންކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އދ ގެ ޚާއްސަ ރެޕަޓުއާ ޑރ އަހުމަދު ޝަހީދު ވިދާޅު ވެއްޖެއެވެ.
Advertisement

ޝަހީދުގެ މިވާހަކަތައް އައިސްފައިމިވަނީ ދާދިފަހުން ޝައިޚް އިލްޔާސް ކްލަބް ހައުސްގައި ދެއްކެވި ވާހަކަ ތަކަކާ ގުޅިގެންނެވެ.

މީގެ ދެދުވަހެއް ކުރިން ކްލްބް ހައުސްގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ އޭނާގެ ދަރިކަލުން މެލޭޝިޔާގައި ކިޔަވަން ހުންނާތީ މެލޭޝިއާގައި މަޑު ކުރުމަށް ވިސާ އެއް ހޯދަން އެދިގެން އެކަން ނުވެފައި އޮންނާތީ ދިވެހި ސަރުކާރުގައި އެދުމުން ދިވެހި ސަރުކާރުން ޑިޕްލޮމެޓިކް ޕާސްޕޯޓެއް ދެއްވި ކަމަށެވެ. އަދި މެލޭޝިޔާގެ އެމްބަސީގެ ވަޒީފާއެއްގައިވެސް ނުހުންނަ ކަމަށާއި ހަމައެކަނި ލިޔެކިޔުމުން ވަޒީފާއެއްގައި އޮންނަ ކަމަށް ޖަހާފައި އޮންނަނީ ޑިޕްލޮމެޓިކް ޕާސްޕޯޓު ހޯދަން ކަމަށް އިލްޔާސް ވިދާޅުވިއެވެ.

"ގާނޫނީ ގޮތުން އެއީ މައްސަލައެއްކަމެއް އަޅުގަނޑަކަށް އެނގިފައެއް ނެތޭ. ބައެއް ބޭފުޅުން އެއީ ގާނޫނީ މައްސަލައެއެކޭ ކިޔަނީއޭ. އެއީ ދައުލަތުގެ އެއްޗެއް. ދައުލަތުން އެ ޝަރަފް ދޭ ކަމަށްވަނީ ނަމަ ދެވޭނެކަމަށް. ގިނަ ބޭފުޅުން އެއީ މައްސަލައެއް ނޫންކަމަށް ދީނީ ގޮތުން އަޅުގަނޑަށް އެނގިފައި އޮތީމަ އަޅުގަނޑު ގަބޫލު ކުރީމޭ. ގާނޫނީގޮތުން މައްސަލައަކަށް ވަނީ ނަމަ އަޅުގަނޑު އެކަން ދޫކޮށްލާނަން. އަދި މާފަށް ވެސް އެދޭނަން،" ޝައިހް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސްއަށް ވަނީ މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ކައުންސެލާ ޓު ދަ އެމްބެސެޑަރުގެ މަގާމު ދީފައެވެ. އިލްޔާސް ވިދާޅުވި ގޮތުގައި އޭނާ އެ މަގާމުގައި ހުންނެވި ނަމަވެސް އެއްވެސް މުސާރައެއް ނުނަންގަވައެވެ. އަދި ވިދާޅުވީ ހަމައެކަނި ލިޔެކިޔުމުން އޮންނަ މަގާމެއް ކަމަށެވެ.

މިކަމާ ގުޅިގެން ކުރެއްވި ޓުވީޓުގައި ޑރ ޝަހީދު ވިދާޅުވީ އިލްޔާސް ފަދަ، ރައްޔިތުންނަށް ދީނީގޮތުން ދަރުސް ދެއްވާ ބޭފުޅަކު ކުރައްވަން އެއީ ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ. ނަމަވެސް ޑރ ޝަހީދު ވިދާޅުވީ ދިވެހި ސަރުކާރުން 1961 ގެ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަން ގެ އާޓިކަލް 10 ގެ ބޭނުން ނަހަމަ ގޮތުގައި ކުރަމުން ގެންދާ ކަމަށެވެ. ޑރ ޝަހީދު އެހެން ވިދާޅުވަނީ ޝައިހް އިލްޔާސްގެ މިމައްސަލަ އާ ގުޅުވައިގެންނެވެ.  

43%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް