ads
ނައިބު ރައީސް ހިރިލަންދޫ ކައުންސިލަރުންނާއިއެކު ފޮޓޯ:-- ރައީސް އޮފީސް
ނައިބު ރައީސް ހިރިލަންދޫ ކައުންސިލަރުންނާއި ބައްދަލުކުރައްވައިފި
ނައިބު ރައީސް ފައިސަލް ނަސީމު ކޮޅުމަޑުލު އަތޮޅު ހިރިލަންދޫ ކައުންސިލަރުންނާއި ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ރައީސް އޮފީހުގައެވެ. 

މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލަރުން ވަނީ ކޮޅުމަޑުލު ހިރިލަންދޫގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މަޢުލޫމާތާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި މަޝްވަރާކުރައްވާފައެވެ.

މިދިޔަ ހަފްތާގައި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ރަށުގައި އޭ.ޓީ.އެމް އެއް ބަހައްޓާދެއްވާފައިވާކަން ފާހަގަކުރައްވާ ހިރިލަންދޫ ކައުންސިލުން ވަނީ ކައުންސިލާއި ރައްޔިތުންގެ ނަމުގައި ނައިބު ރައީސްއަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

ހިރިލަންދޫގެ ކައުންސިލަރުން އެންމެ ބޮޑަށް ފާހަގަކުރައްވާފައިވަނީ ރަށުގެ ޖާގައިގެ ދަތިކަމުގެ މައްސަލައެވެ. މިގޮތުން އެމް.ޓީ.ސީ.ސީގެ ބެލުމުގެދަށުން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ބިން ހިއްކުމުގެ މަޝްރޫއު އަދި ރަށުގެ ފެނާއި ނަރުދަމާ ނިޒާމު ތަރައްޤީކުރުމުގެ މަޝްރޫއުގެ އެންމެފަހުގެ މައުލޫމާތު ހިއްސާކޮށްދެއްވުމަށް ކައުންސިލަރުން އެދިލައްވައިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް