ads
ރާއްޖޭގެ ރަށްތައް…ފޮޓޯ/ސޯޝަލް މީޑިއާ
އިތުރު ހަތަރު ރަށަކާއި އެކު މިވަގުތު މޮނިޓަރިންގައި 12 ރަށް
ކޮވިޑް19 ފެތުރެމުންދާތީ އިތުރު ހަތަރު ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އެޗްއީއޯސީން އާންމުކުރި މައުލޫމާތެއްގައި ބުނީ އިތުރު ހަތަރު ރަށަކާއި އެކު މިވަގުތު ރާއްޖޭގެ 12 ރަށެއް މޮނިޓަރިންގެ ހާލަތުގައި އޮތް ކަމަށެވެ.

މިއަދު މޮނިޓަރިން އަށް ލީ ރަށްތަކުގެ ތެރޭގައި ހދ. މަކުނުދޫ އާއި ބ. ކަމަދޫ އަދި ހަމަ އެ އަތޮޅު އޭދަފުށީގެ އިތުރުން އދ. ހަންޏާމީދޫ ވެސް ހިމެނެއެވެ.

ޖުމްލަ 12 ރަށް މޮނިޓަރިންގައި އޮތް އިރު ނުވަ ރަށެއް ވަނީ މިދިޔަ ޖުލައި މަހުގެ އިތުރުން މި ހިނގާ އޯގަސްޓު މަހުގެ ތެރޭގައި ބަންދުކޮށްފައެވެ.

މިއަދު މޮނިޓަރިން އަށް ލީ ހަތަރު ރަަށުގެ އިތުރުން މިހާރު މޮނިޓަރިންގައި އޮތް ރަށްތަކަކީ، ރ. ދުވާފަރު، ކ. ކާށިދޫ، މ. ކޮޅުފުށި، ށ. ފީވަށް، ހއ. ތަކަންދޫ، ދ. ކުޑަހުވަދޫ، އަދި އއ. ހިންމަންދޫގެ އިތުރުން، ތ. ހިރިލަންދޫ އެވެ.

ރ.ދުވާފަރު މޮނިޓަރިންގެ ހާލަތައް ގެނެސްފައިވަނީ، މެއި މަހުގެ 25 ވަނަ ދުވަހު އެވެ. އަދި ކ. ކާށިދޫ މޮނިޓަރިއަށް ލީ، ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ. މ. ކޮޅުފުށި، އަދި ށ. ފީވަށް ޖޫން މަހުގެ 29 ވަނަ ދުވަހު މޮނިޓަރިންއަަށް ލީއިރު، ހަމަ އެމަހުގެ 30 ވަނަ ދުވަހު ވަނީ ތަކަންދޫ މޮނިޓަރިންއަށް ލާފައެވެ. އަދި 31 ވަނަ ދުވަހު ކުޑަހުވަދޫ މޮނިޓަރިންއަށް ލާފައިވެއެވެ.

މީގެ އިތުރުން މި މަހުގެ ތިން ވަނަ ދުވަހު އއ. ހިމަންދޫ މޮނިޓަރިންއަށް ލީއިރު، ނުވަ ވަނަ ދުވަހު ތ. ހިރިލަންދޫ މޮނިޓަރިންއަށްލާފައިވެއެވެ. 

މިވަގުތު މޮނިޓަރިންގައި އޮތް ރަށްތަކުގެ ތެރެއިން މޮނިޓަރިންގެ ހާލަތުގައި އެންމެ ގިނަ ދުވަސްވަނީ ރ. ދުވާފަރެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް