ads
މުހްޔިއްދީން ޔާސީން…
މެލޭޝިއާގެ ބޮޑު ވަޒީރު މަގާމުން އިސްތިއުފާ ދެއްވައިފި
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މެލޭޝިއާގެ ބޮޑު ވަޒީރުކަމާއި ހަވާލުވެ ވަޑައިގެންނެވި މުހްޔިއްދީން ޔާސީން އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މުހްޔިއްދީން މަގާމުން އިސްތިއުފާ ދެއްވީ ކޯލިޝަންގެ ތާއީދު އަނބުރާ ގެންދިޔުމުން ކަމަށް ބޭރުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ބޮޑު ވަޒީރާއި އެމަނިކުފާނުގެ މުޅި ކެބިނެޓް އިސްތިއުފާ ދެއްވީ މިއަދުގެ ވަގުތެއްގައެވެ.

ހަބަރުތައް ބުނާ ގޮތުގައި މުހްޔިއްދީން ވަނީ އެމަނިކުފާނުގެ އިސްތިއުފާ ސިޓީ ފުޅު ރަސްގެފާނަށް އަރުއްވާފައެވެ. އަދި ރަސްގެފާނު އެ ސިޓީ ފުޅު ގަބޫލު ކުރައްވާ އާ ބޮޑު ވަޒީރަކު އައްޔަން ކުރެއްވެންދެން މަގާމުގައި ދެމި ހުންނެވުމަށް މުހްޔިއްދީންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

އުމުރުން 74 އަހަރުގެ މުހްޔިއްދީން އަކީ މެލޭޝިއާގެ ތާރީހުގައި ވެސް އެންމެ ކުރު މުއްދަތަކަށް ބޮޑު ވަޒީރުކަން ކުރެއްވި ބޭފުޅާއެވެ. 

ބޭރުގެ ނޫސްތަކުގައި ވާ ގޮތުން ޝާހީ ގަނޑުވަރުން ނެރުއްވި ބަޔާނެއްގައި ރަސްގެފާނު ވަނީ ކޮވިޑްގެ މި ހާލަތުގައި އިންތިހާބެއް ބޭއްވުމަށް ދަތިވާނެ ކަން ފާހަގަކުރައްވާފައެވެ. އެހެން ކަމުން ދެން ބޮޑު ވަޒީރަކު އައްޔަން ކުރައްވާނެ ތާރީހެއް އަދި ނެންގެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް