މި ބިންހެލުމުގެ ބާރުމިނުގައި 7.2 މެގްނެޓިއުޓް ހުއްޓެވެ. ގިނަ އަދަދެއްގެ ބަޔަކު ގެއްލިގެން އަންނަނީ ހޯދަމުންނެވެ.
މި ހާލަތުގައި އޮއްވައި ބާރުގަދަ ތޫފާނެއްގެ އަސަރު ވެސް ކުރާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.
ބިންހެލުގެ ސަބަބުން ގިނަ މަގުތަކާއި އިމާރާތްތައް ހަލާކުވެފައިވާއިރު ތޫފާނުގެ ސަބަބުން މަގުތައް ވެސް އިތުރަށް ހަލާކުވާނެކަމަށް ވަނީ ބެލެވިފައެވެ. މީގެ އިތުރުން މީހުން ހޯދުމާއި ސަލާމަތް ކުރާ މީހުންނަށް ވެސް އިތުރު ދަތިތަކާއި ކުރިމަތިވާނެއެވެ.
ބިންހުމުގެސަބަބުން 30،000 އަށްވުރެ ގިނަ އާއިލާތަކުން ވަނީ ގެދޮރު ދޫކޮށް ވަގުތީ ހިޔާތަކަށް ބަދަލުވެފައެވެ.