ads
ޔާމިން ރަޝީދު
ޔާމިން ރަޝީދުގެ މައްސަލައިގެ ހުކުމްކުރުން ތާރީހެއް ކަނޑައަޅައިފި
ޔާމިން ރަޝީދުގެ މަރުގެ މައްސަލާގައި ދައުވާ ކުރާ ފަރާތްތަކަށް އަންނަ ޑިސެމްބަރު މަހުގެ މެދެއްހާ ހިސާބުގައި ހުކުމް ކުރަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
Advertisement

މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ މައްސަލަ ކުރިއަށް ގެންދަވާނެ ތާވަލެއް ކަނޑައަޅުއްވާފައެވެ. އެގޮތުން އަންނަ މަހުގެ 14 ވަނަ ދުވަހު ވާރިސުންގެ ބަސް ނެގުމަށް އަޑުއެހުމެއް ވަނީ ތާވަލްކޮށްފަ އެވެ. އަންނަ މަހުގެ 16 ވަނަ ދުވަހަށް ތާވަލުކޮށްފައި އޮތީ ދިފާއީ ހެކިންނާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ އަޑުއެހުމެކެވެ. އަދި ޑިސެމްބަރު މަހުގެ 18 ގެ ކުރިން މައްސަލައިގެ ހުކުމް ކުރަން ގާޒީ ވަނީ ނިންމަވާފައެވެ. 

ރަހުމުކުޑަ ގޮތަކަށް ޔާމިން ރަޝީދު މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި، މ. ކުދެހިގޭ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

ޔާމީން ރަޝީދުގެ އިތުރުން ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ މީހުންގެ ތެރޭގައި ނޫސްވެރިއާ އަހުމަދު ރިލްވާނާއި، ޑރ. އަފްރާޝީމް އަލީ ވެސް ފާހަގަ ކޮށްލެވެއެވެ. 

2017 ވަނަ އަހަރު އޭޕްރިލް 23 ގައި އަނިޔާވެރިކޮށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދަށް ހަމަލާ ދިން ވީޑިއޯއެއް މިއަހަރުގެ 23 ފެބްރުއަރީގައި ވަނީ ޝަރީއަތުގައި ދައްކައިފި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް