241 އަށް ގެނައި މި ބަދަލު އިއުލާން ކުރެއްވެވީ މިއަދުގެ މަޖިލިސް ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި، މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އެވެ.
އަލީ ހުސެއިން 241 ކޮމިޓީއަށް ހަމަޖެއްސީ ކުރިން އެ ކޮމިޓީގައި ޖޭޕީ ތަމްސީލު ކުރައްވާ މެމްބަރު، ތަމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ ބަދަލުގައެވެ.
އަބްދުﷲ ރިޔާޒު ވަނީ ދާދިފަހުން ޖޭޕީން ވަކިވެވަޑައިގެން، އަލަށް އުފެއްދި ޕާޓީ، އެމްއެންޕީއާ ގުޅިވަޑައިގެންފައެވެ.
ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވައިދުގެ ދަށުން އުފައްދާފައިވާ 241 ކޮމިޓީގައި ހުރިހާ ޕާޓީތަކުންނާއި މިނިވަން މެމްބަރުންވެސް ޝާމިލުވެ އެވެ.