ads
ސ.ހިތަދޫ ބަންދަރު ފޮޓޯ:--- އެމްޓީސީސީ
ހިތަދޫ ބަނދަރުގެ ކޮންޓްރީޓް ބްލޮކު އެތުރުމުގެ މަސައްކަތް ފަށައިފި
އައްޑޫ ސިޓީ ހިތަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫގެ ދަށުން ބަނދަރުގައި ކޮންރީޓް ބްލޮކް އެތުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.
Advertisement

އެމްޓީސީސީން ވިދާޅުވީ މިއަދު ހިތަދޫ ބަނދަރުގެ އެއްގަމުތޮށިލުމަށް ބޭނުންވާ ޕްރީކާސްޓް ކޮންރީޓު ބްލޮކް އިންސްޓޯލް ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރުއޫ ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. 

ޕްލޭނިން މިނިސްޓްރީން ހިތަދޫ ބަންދަރުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހު އެވެ. އެއްބަސްވުމުގައި ސޮއިކުރިތާ 24 ޑައިއިރުތެރޭގައި މަސައްކަތް ފަށާފައިވާއިރު އެމްޓީސީސީން ބުނީ ތާވަލު ކުރެވިފައިވާ ގޮތަށް 1 އަހަރު ދުވަހުން ބަނދަރުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. 

މި މަޝްރުއޫ އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 52.43 މިލިއަން ރުފިޔާގެ އަގަކަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;