މި މަސައްކަތް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަންއާ އެވެ.
މިއަދު އަމީން ކޮސްޓްރަކްޝަންއާއި ޕްލޭނިން މިނިސްޓްރީއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ވިލިފުށީގައި އިމާރާތްކުރަމުންދާ 64 ހައުސިން ޔުނިޓް ނިންމުމާއި ޑިޒައިން އެންޑް ބިލްޑްގެ އުސޫލުން އަލަށް އިމާރާތްކުރާ 36 ހައުސިން ޔުނިޓްގެ މަސައްކަތް ވަނީ އަމީން ކޮންސްޓްރަކްޝަންއާ ހަވާލު ކުރެވިފައެވެ.
މި މަސައްކަތް ހަވާލު ކުރީ 82,138,268.57 ގެ އަގަކަށެވެ. އެއީ 240 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ރައީސް މިހާރު ތ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އަދި އެރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމުގައިވާ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.