އެމްއެންޑީއެފްއިން ވިދާޅުވީ ބޯޓު ފަރަށް އެރިކަމުގެ މައުލޫމާތު މިއަދު މެންދަރު 12:48 ހާއިރު ލިބުމާއި އެކު ދައުލަތުގެ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބޯޓާ ގުޅުންހުރި މައުލޫމާތުތައް ހޯދައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށެވެ.
ފަރަށް އެރި ކާގޯ ބޯޓަކީ 190 މީޓަރުގެ ބޯޓެކެވެ. އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި ބޯޓު ނިސްބަތްވަނީ ޕެނެމާ އަށެވެ.
ފަރަށް އެރި ވަގުތު ބޯޓުގައި މާގިނަ މުދަލެއް ނެތް ކަމަށް ވެއެވެ.
މީގެ ކުރިން މިގޮތަށް ފަރަށް އެރި ބޯޓުތަކުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި އެކަމާއި ގުޅިގެން އެ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައިވެއެވެ.
ބޯޓު ފަރަށް އެރުމާއި ގުޅިގެން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.