ads
ހެހެސް ގެ ޕޯސްޓަރެއް…
“ހެހެސް”ގެ ޓްރެއިލާ: ލޯބީގައި ބަޔަކު މަރުދަންޖެހެނީ!
ރީތި ގިނަ ފިލްމުތަކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާ ދެ ފިލްމު ކުންފުނި ޝައި ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން ހަދާފައިވާ ފިލްމު “ހެހެސް”ގެ ޓްރެއިލާ އާންމު ކޮށްފިއެވެ.

ވަރުގަދަ ކާސްޓަކާއެކު ބ. ގޮއިދޫ އަދި މާލޭގައި މަންޒަރުތައް ނަގާފައިވާ އެ ފިލްމުގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލީ އައިސް ޓީވީގެ ވަރަށް ވާހަކަ ޝޯގައެވެ. މިހާރު “ހެހެސް”ގެ ފޭސްބުކް ޕޭޖުން ވެސް ޓްރެއިލާ ބަލައި ލެވޭނެއެވެ.

“ސިޓީ”ފަދަ މޮޅެތި ފިލްމުތަކެއް މީގެ ކުރިން ގެނެސްދީފައިވާ އަހުމަދު ނިމާލު ޑައިރެކްޝަން ހަދާފައިވާ އެ ފިލްމުގެ ޓްރެއިލާ އިން ނޭވާ ހިފަހައްޓާލަންޖެހޭ ކިތަންމެ މަންޒަރެއް ފެނެއެވެ. ޓްރެއިލާ ފެށިގެން އައީ އެކަކު އަނެކަކަށް ލޯބި ކިޔައިދޭ ހިސާބުންނެވެ. “ހެހެސް” އިން އިޝްގް ފަހަނަ އަޅައިގެން  ގޮސް ހައްދު ފަހަނައެޅި މަންޒަރު ޓްރެއިލާ އިން ދައްކުވައިދޭ އިރު ޔަގީނުން ވެސް ފިލްމު ބަލަމުންދާއިރު ނޭވާ ހިފަހައްޓާލަން ޖެހޭ އެއަށްވުރެއް ގިނަ މަންޒަރު ހުންނާނެ އެވެ. ލޯބީގައި ބަޔަކު މަރުދަން ޖެހެނީ އެވެ. 


އިސްމާއިލް ޝަފީގް އަދި ޝާނީޒް އަލީ ޕްރޮޑިއުސްކޮށްފައިވާ “ހެހެސް” އަކީ ޔޫސުފް ޝަފީއު(ޔޫއްޕެ)ގެ ސްކްރީންޕްލޭ އަކަށް ހަދާފައިވާ ފިލްމެކެވެ.

ފިލްމުގައި ބޮޑު ކާސްޓެއް ހިމެނޭ އިރު އަންހެން ކާސްޓުން ގިނަ ކަން ފާހަގަކޮށްލެވެއެވެ. ކާސްޓުންގެ ތެރޭގައި ޔޫއްޕެ، އަލީ އާޒިމް، ނިމާލް، ޖިމީ، މަރިޔަމް ޝިފާ، އިރުފާނާ އަދި ވާޝިޔާ ހިމެނޭ އިރު އަލަށް ތައާރަފްވާ ބަތަލާ ޝިޔާޒާ އަދި ޓީވީ ހޯސްޓު ޝިފާ(ޝިފް) ހިމެނެއެވެ. 

“ހެހެސް” ވަރަށް އަވަހަށް ރިލީޒްކުރަން ހަމަޖެހިފައިވާއިރު ފިލްމު ދައްކާނީ މީޑިއާނެޓުގެ މަލްޓި ސްކްރީން އެޕް އަދި އެމްއެސްޓީވީގެ ވީޑިއޯ އޮން ޑިމާންޑްމެދުވެރިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް