ads
މަޑިވަރު ފަޅު ހިއްކުމާ ދެކޮޅަށް ރަސްދޫ ރައްޔިތުންތަކެއް
ކްރައުން ކުންފުންޏަށް ހައިމާކުން ކޮންނަން ހުއްދަ، ރަސްދޫމީހުންނަށް ވެލިނެގުން މަނާ
ކްރައުން ކުންފުންޏަށް އީޕީއޭއިން ކޮންނަން ހުއްދަ ދީފައިވަނީ އއ.ރަސްދޫ މީހުންނަށް އެއްވެސް ވަރަކަށް ވެލިނަގަން މަނާ ކޮށްފައިވާ ސަރަހައްދަކުން ކަމަށް އއ.ރަސްދޫ ކައުންސިލުން ބުނެފިއެވެ.
Advertisement

ރަސްދޫ ކައުންސިލްގެ ނައިބުރައީސް އަބްދުﷲ އަނިލް ސީއެންއެމް އަށް ވިދާޅުވީ އެއަމަލަކީ އަޑިއަޑިން ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލެއް ކަމަށެވެ. އަދި އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. 

"އަޅުގަނޑު ވަރަށް ކެރިގެން އެހެން މިބުނަނީ. އަނެއްކަމަކީ އެތާނގެ ގުދުރަތީ ވެއްޓަށް ގެއްލުންވާ ވަރުގެ ކަމަކަށް އީޕީއޭއިން ހުއްދަދީނީމަ އެއީވެސް އަޅުގަނޑު ކުށްވެރި ކުރާ ކަމެއް ވަރަށް ބޮޑަށް" އަނިލް ވިދާޅުވިއެވެ.

ކްރައުން ކޮމްޕެނީން ހިންގާ ވެލިގަނޑު އައިލޭންޑް ރިސޯޓު ފަޅުތެރޭގައި އިތުރު ރަށެއް ހެދީ މީގެ ބާރަވަރަކަށް އަހަރު ކުރިންނެވެ. އެފަޅުގައި އިތުރު ރަށެއް މިހާރު ވަނީ އުފެދިފައެވެ. މައްސަލަ ގޯސްވީ އެރަށް ހިމާޔަތް ކުރުމަށްޓަކައި، އެފަޅުން އަނެއްކާވެސް ވެލިނަގައިގެން އިތުރު ސަރަހައްދުތައް ހިއްކަން ފެށުމުންނެވެ. 

މަޑިވަރު ފަޅަކީ 2017 ވަނަ އަހަރު ހިމާޔަތް ކޮށްފައިވާ ފަޅެކެވެ. ރަސްދޫ ކައުންސިލުން ބުނީ އެރަށު މީހުންނާއި ތޮއްޑޫ މީހުން ވެލި ނަގާނެ ތަނެއް އެފަޅުތެރެއިން ދައްކައިދޭން އެދިފައެވެ. އެހެންނަމަވެސް އީޕީއޭއީން އޭރު ޖަވާބު ދީފައިވަނީ އެފަޅުން ވެލި ނުނެގޭނެކަމަށް ބުނެއެވެ. އަދި ރަސްދޫ މީހުންނަށް ވެލިނަގަން ބޭނުން ވެއްޖެނަމަ ދާންޖެހެނީ އެއަތޮޅުން އެރަށާ އެންމެ ދުރު ސަރަހައްދަށް ކަމަށްވެސް ކައުންސިލުން ބުނެއެވެ.

މިކަމާ ގުޅޭ ގޮތުން ކްރައުން ކޮމްޕެނީ އަށް ގުޅާލުންމުން އެކުންފުނީގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

އަދި މިމައްސަލާގައި އެންވަޔަރަންމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ މިހާރު އީޕީއޭއިން އެމަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލަން އަންގާފައި ވާ ކަމަށާއި، އެންވަޔަރަންމެންޓް މިނިސްޓަރު ވަރަށް ގާތުން އެމައްސަލަ ބައްލަވަމުން ގެންދަވާ ކަމަށެވެ. މަޑިވަރު ފަޅުތެރެ ހިއްކުމާދެކޮޅަށް އއ އަތޮޅުގައިދަނީ ކެމްޕޭނެއް ހިންގަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް