ads
އެމެރިކާގެ ޑޮކްޓަރުންތަކެއް ބިންހެލުމުގައި އަނިޔާވި މީހަކަށް ފަރުވާ ދިނުމަށް ގެންދަނީ-
ތޫފާނަށް ފަހު އަނިޔާވި މީހުންނަށް އެހީވާންތިބި ދެ ޑޮކްޓަރަކު ރަހީނުކޮށްފި
މިދިޔަ ހަފްތާ ހެއިޓީއަށް އެރި ބާރުގަދަ ބިންހެލުމަށް ފަހު އަނިޔާވި މީހުންނަށް ފަރުވާދިނުމުގައި އުޅުނު ދެ ޑޮކްޓަރަކު ރަހީނުކޮށްފި އެވެ.

ކެރިބިއަންގެ ފަގީރު ގައުމެއް ކަމަށްވާ ހެއިޓީއަށް އެރި ބިންހެލުމުގެ ސަބަބުން މިހާތަނަސް 2،100 މީހުން މަރުވެފައިވާއިރު އެތައް ހާސް ބަޔަކަށް ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދެއެވެ. 

ގޭންގު ކުށްތައް ހައްދުފަހަނަ އަޅައިގޮސްފައިވާ ހެއިޓީގައި މިހާލަތުގައި ވެސް ފަރުވާކުރަންތިބި ދެ ޑޮކްޓަރަކު ރަހީނުކުރުމުން ގިނަ ބަޔަކު އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

އެގޮތުން ބޭނުންވާ އަސާސީ އިންފްރާސްޓްރަކްޗާ ނެތް އެގައުމުގެ ވެރިރަށް ޕޯޓު-އައު-ޕްރިންސްގެ އެންމެ ބޮޑު އެއް ހޮސްޕިޓަލުން ދެ ޑޮކްޓަރަކު ރަހީނުކުރުމުން އެކަމާ ދެކޮޅަށް މުޒާހަރާ ކުރުމުގެ ގޮތުން ހޮސްޕިޓަލް ވަނީ ދެ ދުވަސް ވަންދެން ބަންދުކޮށްފައެވެ.

އެއާއެކު ފަރުވާއެއް ނުލިބޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. 

ހެއިޓީގެ ސިވިލް ޕްރޮޓެކްޝަން އެޖެންސީ ބުދަ ދުވަހު ބުނީ ބިންހެލުމުގައި މަރުވިމީހުންގެ އަދަދު 2،189 ގައި އުޅޭއިރު  އަނިޔާ ލިބުނު މީހުންގެ އަދަދު އުޅެނީ 12،268 ގައި ކަމަށެވެ.

މީހުން ވަގަށް ނެގުމުގެ ސަބަބުން ބިންހެލުމާ ގުޅިގެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތައް ވަނީ އިތުރު ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ. 

ހެއިޓީއަށް އައި 7.2 މެގްނިޓިއުޑްގެ ބިންހެލުމުގައި 100،000 އަށްވުރެ ގިނަ ގެތައް ހަލާކުވެ، 30،000 އާއިލާގެ ގެދޮރުނެތިދިޔަ އެވެ. ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި ސަރުކާރު އޮފީސްތަކަށް ވެސް ބޮޑެތި ގެއްލުން ލިބިފައިވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް